Ads by
ޚަބަރު
ބާތިލް ވޯޓު ގިނަވުމަކީ ކަންބޮޑުވާ ކަމެއް: އީސީ

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްވުރެ ދެވަނަ ބުރުގައި ބާތިލްވޯޓު ގިނަ ވުމަކީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

Ads by Eki Online

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރުގެ ވަގުތީ ނަތީޖާ، އިލެކްޝަންސް ކޮމިޝަނުން ރޭ ޢާންމު ކުރަން ފަށާފައިވާ ކަމަށެެވެ. އަދި ވަގުތީ ނަތީޖާ މިއަދު އިޢުލާންކޮށް ނިމި، ވަގުތީ ނަތީޖާގެ ޖުމްލަ ނަތީޖާވެސް މިއަދު އިޢުލާން ކުރެވޭނެ ކަމަށެވެ.

ހަބީބް ވިދާލުވީ ‏ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްވުރެ ދެވަނަބުރުގައި އެކާވީސް ހާހަށްވުރެ ގިނަ މީހުން ވޯޓުލާފައިވާއިރު، ވޯޓުލީ މީހުންގެ އިންސައްތަވެސް %87 އަށްވުރެ މަތި ކަމަށެވެ. އެހެންނަމަވެސް، ފުރަތަމަ ބުރަށްވުރެ ދެވަނަބުރުގައި ބާތިލް ވޯޓު ގިނަވުމަކީ، ކޮމިޝަނުގެ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށް ހަބީބް ވިދާޅުވިއެވެ.

‏”އިރާދަކުރެއްވިއްޔާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، ކޮމިޝަނުން މިކަމުގެ ޙައްލު ހޯދާނެ. އެއް އިންތިޚާބެއްގެ ތަޖްރިބާގެ އަލީގައި، އަނެއް އިންތިޚާބެއްގައި، ވޯޓުލާ މީހުންނަށް ވީހާވެސް ފަސޭހަވާނޭހެން، ކަންތައްތައް ތަރުތީބުކޮށް އިސްލާޙް ކުރުމަށް، ކޮމިޝަނުގެ މުވައްޒަފުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދޭ” ހަބީބް ވިދާޅުވިއެވެ.

އެހެންނަމަވެސް، ބަޖެޓްގެ ތާށިކަމާހުރެ، އެންމެ ފުރިހަމައަށް، އެންމެ ބާރު ސްޕީޑްގައި ކަންތައްތައް ނުކުރެވޭ ކަމަށާއި އެންމެ އެކަށީގެންވާ ގާބިލް އޮފިޝަލުން ނުލިބުމަކީ ވެސް މިފަދަ ގޮންޖެހުމެއް ކަމަށް ހަބީބް ވިދާޅުވިއެވެ.

އަދި އީސީގެ ޓީމަކީ ގޮންޖެހުންތަކާއެކުވެސް، ނަޒާޙަތްތެރިކަން އިސްކޮށް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވާޖިބު އަދާކުރުމުގައި އެފަދަ ދެވަނައެއްނެތް ހުނަރުވެރި ގާބިލް ޓީމެއް ކަމަށް ހަބީބް ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ހަސަނުގެ ދަރި ލަތީފް9 މަސް ކުރިން

ކަލޭމެންގެ ގަވައިދިގެ ސަބަބުން އެހެން ވާން ޖެހެނީ ކިރިޔާ ގަލަމުގެ ރޮގެއް އިނަސް ބާޠިލް ވޯޓަކަށް ބަލަން ޖެހެނީ . ޢަދި ފާހަގައިން ތަންކޮޅެއް ގޮޅިން ބޭރުވިޔަސް ބާޠިލް ވޯޓަކަށް ބަލަންޖެހެނީ ސީދާ ކުރަހާފަ ނެތިއްޔާ އަދި ފާފަގައިން ތަންކޮޅެއް ގޮޅިން ބޭރަށް ދިޔަ ޔަސް ބާޠިލް ވޯޓަކަށް ބަލަން ނުޖެހޭ ނަމަވެސް ވަރަށް ގިނަ ވޯޓު ސައްޙަ ވޯޓުގެ ގޮތުގަ ގުނޭނެ.

0
0
މަނިކެ9 މަސް ކުރިން

ބަލާބަލަ ކާކުގެ ވޯޓެއްތޯ އެންމެ ގިނައިން ބާޠިލް ކޮށްފަ ހުރީ. ޔަގީން މުއިއްޒުގެ ވޯޓުކަން. އީސީން ހަމަ ޖައްސަބަލަ ރޮނގެއް އެޅިފަ އިނަސް އަދި ގޮޅިން ބޭރަށް ފާހަގަ އިން ބައެއް ނުކުތަސް އެފަދަ ވޯޓު ބާޠިލް ނުވާނެ ކަމަށް. އޭރުން ބާޠިލް ވޯޓު މަދުވާނެ.

0
0