Monday, 9 November 2026
Ads by

12 ޕެރަ އެތުލީޓުން ހިމެނޭހެން 200 ޝޫޓަރުންނާއެކު ޤައުމީ ޝޫޓިން މުބާރާތް ފަށައިފި

12 ޕެރަ އެތުލީޓުން ހިމެނޭހެން 200 ޝޫޓަރުންނާއެކު ޤައުމީ ޝޫޓިން މުބާރާތް ފަށައިފި

ޤައުމީ ޝޫޓިންގް މުބާރާތުގެ ތެރެއިން.. ފޮޓޯ| ޝޫޓިންގް އެސޯސިއޭޝަން

12 ޕެރަ އެތުލީޓުން ހިމެނޭހެން ޖުމްލަ 200 ޝޫޓަރުންނާއެކު ޤައުމީ ޝޫޓިން ސްޕޯޓް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026 ފަށައިފިއެވެ. މި މުބާރާތް ކުރިއަށްދަނީ ހުޅުމާލޭ ޝޫޓިން ރޭންޖުގައެވެ.

Ad Image
Ads by

މިއަހަރުގެ މުބާރާތުގެ އެންމެ ޚާއްޞަ އެއް ކަމަކީ، ތާރީޚުގައި ފުރަތަމަ ފަހަރަށް ޕެރަލިމްޕިކް ކެޓަގަރީ މުބާރާތުގައި ހިމަނާފައިވުމެވެ. މި ކެޓަގަރީގެ އިތުރުން މުބާރާތުގައި ހިމެނޭ އެހެން ބައިތަކުގެ ތެރޭގައި ޕްރޮފެޝަނަލް ކެޓަގަރީ، ޖޫނިއާ ކެޓަގަރީ، ޔޫތު ކެޓަގަރީ އަދި އެމެޗުއަރ ކެޓަގަރީ ހިމެނެއެވެ. އެއާ ރައިފަލް އަދި އެއާ ޕިސްޓަލް ހިމެނޭހެން ކުރިއަށްދާ މި މުބާރާތުގައި ކޮންމެ އުމުރުފުރާއަކުން އަންހެން، ފިރިހެން އަދި މިކްސްޑް ޓީމް އިވެންޓްތަކުގެ އިތުރުން އަންހެން އަދި ފިރިހެން ވަކިވަކި ޓީމް އިވެންޓްތައްވެސް ކުރިއަށްދާނެއެވެ.

މުބާރާތް ފެށުމުގެ ކުރިން، ވާދަކުރާ ޝޫޓަރުންގެ ހުނަރު އިތުރަށް ތަރައްޤީކޮށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭ ޝޫޓިން ރޭންޖުގައި ޚާއްޞަ ތަމްރީނުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ތަމްރީނުތަކަށްފަހު މުބާރާތާ ކުރިމަތިލީ ބައެއް ޝޫޓަރުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނީ، މިފަދަ މުބާރާތެއް އާންމުންނަށް ހުޅުވާލައިގެން ބޭއްވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި، މި މުބާރާތުން ރަނގަޅު ކާމިޔާބީއަކާއި ވަނައަކަށް އުންމީދުކުރާ ކަމަށެވެ.

ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، މި މުބާރާތް އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ޝޫޓިން ކުޅިވަރު އިތުރަށް ފުޅާކޮށް ކުރިއެރުވުމާއި، މި ދާއިރާއިން ހުނަރުވެރި ޒުވާން އެތުލީޓުން ބިނާކޮށް ތަމްރީނު ކުރުމެވެ.

އަދި މީގެ އިތުރުން، އޮލިމްޕިކްސްގައިވެސް ހިމެނޭ މި ޝަރަފުވެރި ކުޅިވަރުން ފުންނާބުއުސް އެތުލީޓުން އުފައްދައި، ޤައުމީ ފެންވަރުގައްޔާއި ބައިނަލްއަޤްވާމީ މައިދާނުގައި ވާދަކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެ އެސޯސިއޭޝަނުގެ ބޮޑު އަމާޒެކެވެ. އެސޯސިއޭޝަނުން މަސައްކަތް ކުރަމުންދަނީ ބައިނަލްއަޤްވާމީ ވާދަކުރުންތަކުގައި ދިވެހިރާއްޖެ ތަމްސީލުކޮށް، ޤައުމަށް ރީތި ނަމާއި ޝަރަފު ހޯދައިދޭނެ ފަދަ ވަރުގަދަ ޤައުމީ ޝޫޓިން ޓީމެއް ބިނާކުރުމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Shahid 232
ޝާހިދު ހައްޔަރުކުރި އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި
20261108_220208
ހޫޘީންގެ ޙިޞާރުގެ ސަބަބުން ތަޢިއްޒު ސިޓީގައި 347،000 ކުދިންނަށް ވެކްސިން ނުލިބުމުގެ ބިރު
20261109_165505
އީރާނުގެ މައްސަލާގައި ޓްރަމްޕް، ޕޫޓިން އަދި ޝީ މަޝްވަރާކުރަނީ: ނިއުކްލިއަރ ޕްރޮގްރާމާއި ކަނޑުއޮޅީގެ މައްސަލައަށް ޙައްލެއް
451320_3_6fb9ad7a8eb29c37a9c9e816cf3404b5236e091b
މާލެ ސިޓީ ކައުންސިލްގެ ޤުރުއާނާއި މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި
Ads by
މަގުބޫލު
IMG-20261103-WA0012
ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
shahid565
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ޝާހިދުގެ މައްސަލަ ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި
IMG-20261103-WA0009
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި
IMG-20261103-WA0012
ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
shahid565
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ޝާހިދުގެ މައްސަލަ ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި
IMG-20261103-WA0009
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި