Friday, 27 November 2026
Ads by

މަކުނުދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށް: އަންނަ މަހު މަސައްކަތުގެ ސްޕީޑް އިތުރަށް އަވަސްވަނީ

މަކުނުދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށް: އަންނަ މަހު މަސައްކަތުގެ ސްޕީޑް އިތުރަށް އަވަސްވަނީ

ފޮޓޯ: ޕީއެސްއެމްނިއުސް

ހދ. އަތޮޅުގެ އެހެން ރަށްތަކާ ވަކިން އެކަހެރިކޮށް އޮންނަ މަކުނުދޫ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ދެކެމުން އައި އެއާޕޯޓުގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ އަމަލީ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

Ad Image
Ads by

އާންމުކޮށް ކަނޑުގަދަ ސަރަޙައްދެއްގައި އޮންނަ މަކުނުދޫއަކީ، ރާއްޖޭގެ އެހެން ހިސާބުތަކަށް މޫސުން ރަނގަޅު ދުވަސްވަރުގައި ވެސް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ރަށެކެވެ. ޚާއްޞަކޮށް، ޞިއްޙީ ކުއްލި ފަރުވާއަށް މީހުން އުފުލުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށާއި، ރަށުގެ އިޤްތިޞާދާއި ފަތުރުވެރިކަން ކުރިއެރުވުމަށް އެރަށަށް އެއާޕޯޓެއް ލިބުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މީގެއިތުރުން، އެ ސަރަހައްދުގައި ހިންގާ ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ދުރު އެއާޕޯޓުތަކަށް ދާންޖެހޭ ޖެހުމަށް ވެސް މި މަޝްރޫޢާއެކު ނިމުމެއް އަންނާނެއެވެ.

މި މުހިންމު މަޝްރޫޢުގެ ދަށުން އެއާޕޯޓް އެޅުމަށް ބޭނުންވާ 43.12 ހެކްޓަރުގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ބިގް ފިޝް މޯލްޑިވްސްއާ ހަވާލުކޮށްގެން ފެށީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ނިމި، އެމްޓީސީސީން މިއަހަރު ވަނީ އެއާޕޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައެވެ.

މިހާރު އެރަށުގައި ކުރިއަށްދަނީ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރާއި ފަޔަރ ސްޓޭޝަންގެ ބިންގާ އެޅުމުގެ މަސައްކަތްތަކެވެ. މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވީ، މަސައްކަތްތައް ރޭވިފައިވަނީ ތަރުތީބު ކުރެވިފައިވާ އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އަދި ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ނިންމުމަށްޓަކައި ބާރުދުވެލީގައި މަސައްކަތްތައް ހިންގަމުންދާ ކަމަށާއި، އަންނަ މަހުން ފެށިގެން މިހާރަށްވުރެ ވެސް މަސައްކަތްތައް ހަލުވިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުރަތަމަ މި އެއާޕޯޓު ތަރައްޤީކުރަން ނިންމާފައި އޮތީ 1500 މީޓަރުގެ ރަންވޭއަކާއެކު ކަމަށް ވިޔަސް، ރައްޔިތުންގެ އެދުމަށް އިޖާބަދެއްވައި، ރަންވޭ 1800 މީޓަރަށް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 2024 ވަނަ އަހަރު އެރަށަށް ކުރެއްވި ދަތުރުފުޅުގައި އިޢުލާނު ކުރައްވާފައެވެ. މި އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިމުމުން، އެތަން ހިންގުމަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއެވެ.

މިހާރު ހދ. އަތޮޅުގައި އޮޕަރޭޓް ކުރަމުންދަނީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށީ އެއާޕޯޓެވެ. މަކުނުދޫ އެއާޕޯޓް ނިމި ޚިދުމަތް ދޭން ފެށުމުން، އެއީ އެ އަތޮޅުގައި ހުޅުވޭ ތިންވަނަ އެއާޕޯޓަށް ވެގެންދާނެއެވެ. މިއީ މުޅި އަތޮޅުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
big_zVkkuulzYaR64uQlSme1MOq15
ރަސްމާލެއިން އަންނަ ބަދަލާއެކު ރާއްޖެ އާ ހަރުފަތަކަށް ގެންދެވޭނެ: ނައިބު ރައީސް
Hukuru 65
ފާޙިޝު ޢަމަލުތައް ނުހުއްޓުވިއްޖެނަމަ ރާއްޖެ ޞިއްޙީ ބޮޑު ކާރިޘާއަކާ ކުރިމަތިލާން ޖެހިދާނެ: ޚުޠުބާ
mifco addu
އައްޑޫ ހުޅުދޫގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
netanyahu
އެމެރިކާގެ އެހީތެރިކަމާ ނުލައިވެސް އީރާނަށް ހަމަލާދޭން ތައްޔާރުކަމަށް އިސްރާއީލުން ބުނެފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
netanyahu
އެމެރިކާގެ އެހީތެރިކަމާ ނުލައިވެސް އީރާނަށް ހަމަލާދޭން ތައްޔާރުކަމަށް އިސްރާއީލުން ބުނެފި