Ads by
ޚަބަރު
އިއްޔެގެ ނިންމުމަކީ މުޅިރާއްޖެ ހިތާމަކުރާނެ ނިންމުމެއް: ރޮޒައިނާ

އިއްޔެގެ ނިންމުމާމެދު މުޅިރާއްޖެ ހިތާމަކުރާނެ ކަމުގައި އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސާ ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by Eki Online

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއާ ގުޅޭގޮތުން ރޮޒައިނާ ވިދާޅުވީ ރައިސް ޞާލިޙް ވަރުގެ އޯގާތެރި ހެޔޮވެރިއެއް މި ގައުމު ނުދެކޭ ކަމަށް މިރާއްޖޭގެ ރައްޔިތުން އެއްއަޑަކުން ކިޔާދުވަސް މާލަސް ނުވެ ފެންނާނެ ކަމަށެވެ.

އަދި ރައީސް ޞާލިޙަކީ ހުރިހާ ރައްޔިތުންނާ އަޅާލާ، ރައްޔިތުންގެ އަޑުއަހާ، ރައްޔިތުންނަށްޓަކާ ވެރިކަން ކޮއްދެއްވި ހެޔޮ ރައީސެއް ކަމަށާއި މިއަދުގެ ނިންމުމާމެދު މުޅިރާއްޖެ ހިތާމަކުރާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ އެމްޑީޕީން ދާނީ ބާރަށް ކުރިޔަށް ކަމަށާއި ފަހަތަށް ބެލުމެއް ނެތް ކަމަށެވެ.

އިިއްޔެ ބޭއްވި ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބުކުރެއްވީ 126,842 ވޯޓުންނެވެ. އެއީ ވޯޓްލީ މީހުންގެ 53.0 ޕަސެންޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސޯލިހަށް ލިބިވަޑައިގަތީ 108,500 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 46.1 ޕަސެންޓެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ގަލަން9 މަސް ކުރިން

ތިޔަވާހަކަ ކިހިނެއް ގަބޫލްކުރާނީ އިތްޔެގެ ނިންމުން މުޅިރާއްޖެ އުފާކުރިތަން ފެނުނީ ތިޔަބުނާ ގޮތަކައް ނޫންވީ. އަޅުވެތި ކަމުން ރާއްޖެ ސަލާމާތްވާނެކަމައް ރަތްޔިތުން އުފަލުންރިބީ

0
0
ކަޅުބެ9 މަސް ކުރިން

ހިތާމަ ކުރާނީ ކަލެއާ ކަލޭގެ ޢާއިލާ. މީނަ ހީކުރީ އަގަތަޅައިގެން ވޯޓު ލިބޭނެ ކަމަށް.

0
0
ސ.9 މަސް ކުރިން

ބަލަ ރާއްޖޭގެ ރައްޔިންނިންމިގޮތެއް ނޫންތައެއީ. ދެން ކޮންރާއްޖެއެއް ހިތާމަކުރާ ވާހަކައެއްތިދައްކަނީ؟

0
0