Sunday, 22 November 2026
Ads by

ފެންފުއްޓާ ފަރަށް އެރި ’ދެރަހަ‘ ބޯޓުން 10 މީހުން ސަލާމަތްކޮށްފި

ފެންފުއްޓާ ފަރަށް އެރި ’ދެރަހަ‘ ބޯޓުން 10 މީހުން ސަލާމަތްކޮށްފި

ފަރަށްއެރި ބޯޓުން މީހުން ސަލާމަތްކުރަނީ ---

ގއ. ފެންފުއްޓާގެ އުތުރު ފަރާތު ފަރަށް އެރި ”ދެރަހަ“ ބޯޓުގައި ތިބި 10 ފަޅުވެރިން، އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށް އެހެން އުޅަނދަކަށް ބަދަލުކޮށްދީފިއެވެ.

Ad Image
Ads by

މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރަނިކޮށް ހިނގި މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް ލިބުނީ ރޭ ދަންވަރު 00:40 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު ކޯސްޓްގާޑުގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

ހަތަރު ދިވެހިންނާއި ހަ ބިދޭސީންނާއެކު ދަތުރުކުރި މި ބޯޓުގައި ތިބި މީހުންގެ ތެރެއިން ހަތް މީހަކު ރޭ ދަންވަރު 01:53 ހާއިރު ވަނީ ކޯސްޓްގާޑުގެ ހާބަރކްރާފްޓަށް ނަގާފައެވެ. އަދި ޑިންގީއެއްގައި ފެންފުއްޓާއަށް އެރި އަނެއް ތިން މީހުން ރޭ ދަންވަރު 02:10 ހާއިރު ވަނީ ސިފައިންގެ އުޅަނދަށް ނަގާފައެވެ.

ބޯޓު ފުންކުރުމަށްޓަކައި އޭގެ ވެރިފަރާތުން ފޮނުވި ”ސްވިފްޓް“ ދޯނި ފަތިހު 04:22 ހާއިރު އެ ސަރަހައްދަށް ދިއުމުން، ކޯސްޓްގާޑުން ވަނީ ހުރިހާ ފަޅުވެރިން އެ ދޯންޏަށް ބަދަލުކޮށްފައެވެ. އަދި ބޯޓުގެ ވެރިފަރާތާ ގުޅިގެން ފަރަށް އެރި ބޯޓު ފުންކުރުމުގެ މަސައްކަތުގައި ކޯސްޓްގާޑުން މިހާރުވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
vashafaru fitness'
ވަށަފަރު ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށް
Shahid 232
ކުޑަކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝާހިދުގެ ބަންދު ދަމަހައްޓަން ހައިކޯޓުން ނިންމައިފި
vashafaru sihhee marukazu
ވަށަފަރު ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ނިމި، ޚިދުމަތް ފުޅާކުރަން ތައްޔާރުވެއްޖެ
vashfaru volley
ވަށަފަރުގައި ތަރައްޤީކުރި ޒަމާނީ ވޮލީ ކޯޓުގެ މަސައްކަތް އެއްކޮށް ނިންމާލައިފި
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި