Friday, 27 November 2026
Ads by

އެއާޕޯޓު ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 3.3 ބިލިޔަން ރުފިޔާ ލިބިއްޖެ

އެއާޕޯޓު ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 3.3 ބިލިޔަން ރުފިޔާ ލިބިއްޖެ

މި އަހަރުގެ މިހާތަނަށް އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 3.3 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.

Ad Image
Ads by

މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ”ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް“ ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް 1.64 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 1.54 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %6.4 ގެ އިތުރުވުމެކެވެ.

ޑިޕާޗަރ ޓެކުހުގެ އިތުރުން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) ގެ ގޮތުގައި ލިބުނު އާމްދަނީވެސް މި މުއްދަތުގެ ތެރޭގައި ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހުގެ 29 ގެ ނިޔަލަށް އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.68 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.56 ބިލިޔަން ރުފިޔާއެވެ. މިއީ %7.6 ގެ ކުރިއެރުމެކެވެ.

މި ތަފާސްހިސާބުތަކާއެކު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ޖުމްލަ 3.32 ބިލިޔަން ރުފިޔާ ދައުލަތަށް ވަނީ ބަލައިގެންފައެވެ. ވޭތުވެދިޔަ 2023 ވަނަ އަހަރުގެ މި މުއްދަތުގައި މި ދެ ބައިން ލިބިފައިވަނީ ޖުމްލަ 3.11 ބިލިޔަން ރުފިޔާއެވެ. އަދަދުތަކަށް ބަލާއިރު މިއީ ވޭތުވެދިޔަ އަހަރަށްވުރެ %6.8 އިތުރު އަދަދެކެވެ.

ރާއްޖެއިން ފުރާ ފަސިންޖަރުންގެ އަތުން ޑިޕާޗަރ ޓެކްސް ނަގަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަން ފަށާފައިވަނީ 2017 ވަނަ އަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ޤާނޫނުގައިވާ ގޮތުން މި ދެ ބާވަތުގެ ފީއާއި ޓެކުހުން ބައެއް ފަރާތްތައް އިސްތިސްނާވެއެވެ. އެގޮތުން ޑިޕާޗަރ ޓެކުހުން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ އިތުރުން އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިންނެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއިން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ”ޑައިރެކްޓް ޓްރާންސިޓް“ ފަސިންޖަރުންނެވެ.

ދައުލަތުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެއަރޕޯޓުން ފުރާ މީހުންގެ އަތުން ނަގާ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީ އެއްކޮށް ޖަމާކުރަމުން ދަނީ ރާއްޖޭގެ ސޮވެރިން ފަންޑަށެވެ. މީގެ އިތުރުން، ވީއައިއޭ ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ހިއްސާގެ ފައިދާއިން ސަރުކާރަށް ދައްކާ ޑިވިޑެންޑާއި، އެއަރޕޯޓުގެ ބައެއް ޚިދުމަތްތަކުގެ އަގުތަކަށް ގެނައި ބަދަލުތަކުން އިތުރުވާ އާމްދަނީވެސް ސަރުކާރުން ދަނީ ސޮވެރިން ފަންޑަށް ޖަމާކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
big_zVkkuulzYaR64uQlSme1MOq15
ރަސްމާލެއިން އަންނަ ބަދަލާއެކު ރާއްޖެ އާ ހަރުފަތަކަށް ގެންދެވޭނެ: ނައިބު ރައީސް
Hukuru 65
ފާޙިޝު ޢަމަލުތައް ނުހުއްޓުވިއްޖެނަމަ ރާއްޖެ ޞިއްޙީ ބޮޑު ކާރިޘާއަކާ ކުރިމަތިލާން ޖެހިދާނެ: ޚުޠުބާ
mifco addu
އައްޑޫ ހުޅުދޫގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
netanyahu
އެމެރިކާގެ އެހީތެރިކަމާ ނުލައިވެސް އީރާނަށް ހަމަލާދޭން ތައްޔާރުކަމަށް އިސްރާއީލުން ބުނެފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
netanyahu
އެމެރިކާގެ އެހީތެރިކަމާ ނުލައިވެސް އީރާނަށް ހަމަލާދޭން ތައްޔާރުކަމަށް އިސްރާއީލުން ބުނެފި