Monday, 9 November 2026
Ads by

ދ. މީދޫ އަތޮޅު މަދަރުސާގެ ދަރިވަރަކަށް ޓިކްޓޮކްގައި ބުލީކުރާ މައްސަލަ ފުލުހުން ބަލަން ފަށައިފި

ދ. މީދޫ އަތޮޅު މަދަރުސާގެ ދަރިވަރަކަށް ޓިކްޓޮކްގައި ބުލީކުރާ މައްސަލަ ފުލުހުން ބަލަން ފަށައިފި

ދ. އަތޮޅު މަދަރުސާ ---

ދ. މީދޫ އަތޮޅު މަދަރުސާގައި ކިޔަވަމުންދާ ދަރިވަރަކަށް އަމާޒުކޮށް ޓިކްޓޮކްގައި ވަގު އެކައުންޓްތަކެއް ހަދައިގެން ސައިބަރ ބުލީކުރަމުންދާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސް، އެ މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ.

Ad Image
Ads by

މި މައްސަލައާ ގުޅިގެން ’އެކިއެމްވީ‘ އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ދ. މީދޫ އަތޮޅު މަދަރުސާގެ ދަރިވަރަކަށް ސޯޝަލް މީޑިއާގައި ބުލީކުރާ ކަމަށް ބުނެ ފެންމަތިވެފައިވާ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

ފުލުހުން ބުނީ ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގެ ސްކޫލު ދަރިވަރުންތަކެއް، އެހެން ދަރިވަރަކަށް އިންޓަނެޓް މެދުވެރިކޮށް ބުލީކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

އެ މަދަރުސާގައި ކިޔަވަމުންދާ މަނާފް ނަމަކަށް ކިޔާ ދަރިވަރަކަށް އަމާޒުކޮށް، އެކި ކަހަލަ ހަގީގަތާ ހިލާފު ވާހަކަތަކާއި އަބުރަށް ހުތުރުވާފަދަ މެސެޖުތައް ޓިކްޓޮކް މަންސައިގައި އާންމުކުރަމުންދަނީ އެ މަދަރުސާގެ އެހެން ދަރިވަރުންތަކެއް އިސްވެ ތިބެގެން ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރޭގައި އެ ދަރިވަރު މަދަރުސާއަށާއި ޓީޗަރުންނަށް އަދި ޕްރިންސިޕަލަށް ފާޑުކިޔައި އިހާނެތިކޮށް ވާހަކަދެއްކި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދޮގު ތުހުމަތުތައް ފަތުރަމުންދާކަން ވަނީ ހާމަވެފައެވެ.

މި ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި ބެލެނިވެރިޔަކު ބުނެފައިވަނީ، މިފަދަ ނުރައްކާތެރި ސައިބަރ ބުލީކުރުމުގެ މައްސަލަތަކަށް އަމަލީ ގޮތުން ފިޔަވަޅުު ނުއަޅައި ދޫކޮށްލައިފިނަމަ، ދަރިވަރުގެ ނަފްސާނީ އަދި ޖިސްމާނީ ރައްކާތެރިކަމަށް ނުރައްކާވެ، ދެރަ ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އެފަދަ ދެރަ ކަމެއް ހިނގައިފިނަމަ އެކަމުގެ ޒިންމާ ނަގާނީ ކާކުތޯވެސް ސުވާލު އުފައްދާފައިވެއެވެ.

މީގެ އިތުރުން، އެ މަދަރުސާގެ ޕްރިންސިޕަލް ފަޒީ ގަފޫރް، ދަރިވަރުންގެ މިފަދަ ނުރައްކާތެރި މައްސަލަތައް ހައްލުކުރުމަށް ސަމާލުކަން ދެއްވުމުގެ ބަދަލުގައި، އަމިއްލަ ޓިކްޓޮކް ވީޑިއޯތައް ހެދުމުގައި ބިޒީކޮށް އުޅުއްވާ ކަމުގެ ތުހުމަތުވެސް ވަނީ ކުރެވިފައެވެ.

ސްކޫލްތަކުގައި ހިނގާ ސައިބަރ ބުލީކުރުމުގެ މައްސަލަތަކަކީ ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާ ކަމަކަށްވާއިރު، މިއީ ތައުލީމީ ދާއިރާއާއި ކަމާބެހޭ މުއައްސަސާތަކުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ މައްސަލައެކެވެ.

އެހެންކަމުން، ދ. މީދޫ އަތޮޅު މަދަރުސާގައި ހިނގަމުންދާ މި މައްސަލައިގެ ތެދުދޮގު އަވަސް މުއްދަތެއްގެ ތެރޭގައި ހޯދައި، އެކަމުގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި، ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށް އާންމުންނާއި ބެލެނިވެރިން ދަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Shahid 232
ޝާހިދު ހައްޔަރުކުރި އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި
20261108_220208
ހޫޘީންގެ ޙިޞާރުގެ ސަބަބުން ތަޢިއްޒު ސިޓީގައި 347،000 ކުދިންނަށް ވެކްސިން ނުލިބުމުގެ ބިރު
20261109_165505
އީރާނުގެ މައްސަލާގައި ޓްރަމްޕް، ޕޫޓިން އަދި ޝީ މަޝްވަރާކުރަނީ: ނިއުކްލިއަރ ޕްރޮގްރާމާއި ކަނޑުއޮޅީގެ މައްސަލައަށް ޙައްލެއް
451320_3_6fb9ad7a8eb29c37a9c9e816cf3404b5236e091b
މާލެ ސިޓީ ކައުންސިލްގެ ޤުރުއާނާއި މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި
Ads by
މަގުބޫލު
IMG-20261103-WA0012
ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
shahid565
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ޝާހިދުގެ މައްސަލަ ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި
IMG-20261103-WA0009
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި
IMG-20261103-WA0012
ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
shahid565
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ޝާހިދުގެ މައްސަލަ ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި
IMG-20261103-WA0009
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި