Ads by
ޚަބަރު
ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ކުރަން: މަހްލޫފް

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުމަށް އިހުތިރާމު ކުރައްވާ ކަމަށް އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

Ads by Eki Online

އިންތިހާބުގެ ދެވަނަ ބުރު ވެސް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާ ގުޅިގެން މަރުހަބާ ދަންނަވައި މަހުލޫފް ވިދާޅުވީ ރައީސް ޞާލިޙަށް ވޯޓު ދެއްވި އެންމެހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ.

“އިންތިހާއަށް ބުރަ މަސައްކަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ” މަހްލޫފް ވިދާޅުވިއެވެ.

‏މަހްލޫފް ވިދާޅުވީ މިޤައުމަށް ގެނެސްދެއްވި އިންގިލާބީ ތަރައްގީއަށް އަދި ޤާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ ރައްޔިތުންގެ ހައްޤުތަށް އެގޮތުގައި ދެމެހެއްޓެވީތީ ވެސް ރައީސް ޞާލިޙަށް ޝުކުރު ދަންނަވާ ކަމަށެވެ.

‏”ރައްޔިތުންގެ ނިންމުމަށް އިހްތިރާމްކުރަން. މަރުހަބާ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އަދި އިންތިހާބީ ނައިބު ރައީސް ސެންބެ” މަހްލޫފް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޮޑުތަނުން އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. އެގޮތުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ލިބިވަޑައިގެންނެވީ 126586 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ %54.05އެވެ.

އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ލިބިވަޑައިގެންނެވީ 107611 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ %45.95އެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *