Ads by
ޚަބަރު
މާދަމާ ވެސް ސަރުކާރު ބަންދު

މާދަމާއަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

Ads by Eki Online

ރައީސް އޮފީހުން ދެންމެ ވިދާޅުވީ، މިމަހުގެ 2 ވަނަ ދުވަސް ވެސް ބަންދު ދުވަހެއް ކަމަށް ރައީސް ސޯލިހު ހަމަޖެއްސީ، އިންތިހާބާއި ގުޅޭ އެކިއެކި މަސައްކަތްތަކުގައި ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން، ވޯޓާ ގުޅިގެން ކުރަން ޖެހުނު އެންމެހައި މަސައްކަތްތައް އަދި ނުނިމޭތީ މާދަމާ އަކީ ވެސް ބަންދު ދުވަހެއް ކަމަށް ހަމަޖަައްސައި ދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވާތީ ކަމަށެވެ.

ރިޔާސީ އިންތިހާބު ބާއްވާތީ މިއަދަކީ ވެސް ބަންދު ދުވަހެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޮޑުތަނުން އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. އެމަނިކުފާނަށް ލިބިވަޑައިގެންނެވީ 126586 ވޯޓެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ލިބިވަޑައިގެންނެވީ 107611 ވޯޓެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *