Monday, 9 November 2026
Ads by

ލ. ގަމުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި

ލ. ގަމުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި

ލ. ގަމުގައި އަލަށް ހުޅުވި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އާ ގޮފި.. ފޮޓޯ | އިސްލާމިކް މިނިސްޓްރީ

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޤުރްއާން އުނގަންނައިދޭ މަރުކަޒުތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ ޚާއްސަ މަޝްރޫޢުގެ ދަށުން، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އާ ގޮތްޕެއް ލ. ގަމުގައި ރަސްމީކޮށް ހުޅުވައިފިއެވެ.

Ad Image
Ads by

މިކަމަށްޓަކައި ލ. ގަމުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ގޮފި ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އަލްއުސްތާޛު ޢަބްދުލް ޣަފޫރު އަޙްމަދެވެ. މި ރަސްމިއްޔާތުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިންނާއި، ގަން ކައުންސިލް އިދާރާގެ ވެރިންނާއި މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މި ޒިޔާރަތުގެ ތެރެއިން، ގަމު ގޮފީގައި ހިންގުމަށް ހަމަޖެހިފައިވާ ޤުރްއާން ތަޢުލީމުގެ ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކުރުމަށާއި، އިދާރީ ހިންގުން ހަމަޖެއްސުމުގެ އިތުރުން މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ. އެގޮތުން، ގަމު ކައުންސިލް އިދާރާއާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މަންދޫބުންނާއެކު ޚާއްޞަ ބައްދަލުވުންތަކެއް ބާއްވާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ގޮފި ހުޅުވިގެން ދިއުމަކީ ރާއްޖޭގައި ޤުރްއާނުގެ ތަޢުލީމު ލާމަރުކަޒީކުރުމަށާއި، އަތޮޅުތަކުގެ ދަރިވަރުންނަށް ފަސޭހަކަމާއެކު ކީރިތި ޤުރްއާން އުނގެނުމާއި، ރީތިކޮށް ކިޔެވުމާއި، އަދި ހިފްޡުކުރުމުގެ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ރާއްޖޭގައި އިސްލާމީ ޢިލްމު ފެތުރުމާއި ވަރުގަދަކުރުމަށާއި، ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުން އިތުރުކުރުމަށް ވަނީ ޚާއްޞަ އިސްކަމެއް ދެއްވާފައެވެ. އަދި އަންނަން އޮތް ޖީލުތަކަކީ ޤުރްއާނުގެ ޢިލްމަށް އަހުލުވެރި ބަޔަކަށް ހެދުމަށްޓަކައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ދައުލަތުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Shahid 232
ޝާހިދު ހައްޔަރުކުރި އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި
20261108_220208
ހޫޘީންގެ ޙިޞާރުގެ ސަބަބުން ތަޢިއްޒު ސިޓީގައި 347،000 ކުދިންނަށް ވެކްސިން ނުލިބުމުގެ ބިރު
20261109_165505
އީރާނުގެ މައްސަލާގައި ޓްރަމްޕް، ޕޫޓިން އަދި ޝީ މަޝްވަރާކުރަނީ: ނިއުކްލިއަރ ޕްރޮގްރާމާއި ކަނޑުއޮޅީގެ މައްސަލައަށް ޙައްލެއް
451320_3_6fb9ad7a8eb29c37a9c9e816cf3404b5236e091b
މާލެ ސިޓީ ކައުންސިލްގެ ޤުރުއާނާއި މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި
Ads by
މަގުބޫލު
IMG-20261103-WA0012
ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
shahid565
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ޝާހިދުގެ މައްސަލަ ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި
IMG-20261103-WA0009
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި
IMG-20261103-WA0012
ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
shahid565
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ޝާހިދުގެ މައްސަލަ ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި
IMG-20261103-WA0009
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި