Tuesday, 17 November 2026
Ads by

ބޯކޮށް ވާރޭވެހި ޣައްޒާގެ ރެފިއުޖީ ޓެންޓުތަކުގައި ފެންބޮޑުވެ، މީހުންގެ ހުރިހާ މުދަލެއް ހަލާކުވެއްޖެ

ބޯކޮށް ވާރޭވެހި ޣައްޒާގެ ރެފިއުޖީ ޓެންޓުތަކުގައި ފެންބޮޑުވެ، މީހުންގެ ހުރިހާ މުދަލެއް ހަލާކުވެއްޖެ

ބޯކޮށް ވާރޭވެހި ފަލަސްޠީނު ރައްޔިތުންގެ ޓެންޓުތަކުގައި ފެންބޮޑުވަމުންދާއިރު، އެހެން ހިޔާވަހިކަމެއް ނެތި ރެފިއުޖީ ކޭމްޕު ތަކުގައި ދިރިއުޅުމަށް އިޒްރޭލުން މަޖުބޫރުކޮށްފައިވާ ޣައްޒާގެ ޢާއިލާތައް ވަނީ ފިނިމޫސުމުގެ ގަދަ ފިނީގެ ތެރެއަށް ހުށަހެޅިފައެވެ. (ފޮޓޯ ކޮލާޖު)

ހުކުރު ދުވަހުގެ ރޭ ޣައްޒާއަށް ކުރި ވަރުގަދަ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، ގެދޮރުގެއްލިފައިވާ ފަލަސްތީނު މީހުން ދިރިއުޅެމުންދާ އެތައް ހާސް ޓެންޓެއްގައި ފެންބޮޑުވެއްޖެއެވެ. މި ކާރިސާގެ ސަބަބުން އެމީހުންގެ އަތުގައި ހުރި ގޮދަޑި، ރަޖާ، އަދި ކާބޯތަކެތި ވަނީ މުޅިން ހަލާކުވެފައެވެ.

Ad Image
Ads by

ޣައްޒާގެ ސިވިލް ޑިފެންސުން ހާމަކުރި ގޮތުގައި، ޓެންޓުތަކަށް ފެންވަނުމާ ގުޅިގެން ރޭގަނޑު އެކަނިވެސް 1,500 އަށްވުރެ ގިނަ އެމަރޖެންސީ ކޯލް ވަނީ ލިބިފައެވެ. އުތުރުގެ ޖަބާލިޔާއިން ފެށިގެން މެދުތެރޭގެ ދައިރުލް ބަލަޙް އާ ހަމައަށް ފެންބޮޑުވެފައިވާއިރު، މީހުން ސޯޝަލް މީޑިއާގައި ބުނަމުންދަނީ ”ރޮކެޓު ޙަމަލާތަކެކޭ އެއްފަދައިން ވާރޭގެ ތިކިތަކުންވެސް މީހުން މަރަމުންދާ“ ކަމަށެވެ.

ކުރިން އިޒްރޭލުން ދީފައިވާ ޙަމަލާތަކުގެ ސަބަބުން ބަލިކަށިވެފައިވާ ޢިމާރާތްތަކަށް ވާރޭގެ އަސަރުކޮށް، އުތުރު ޣައްޒާގައި ފާރެއް ވެއްޓުމުގެ ސަބަބުން 2 މީހަކަށް ވަނީ އަނިޔާވެފައެވެ. އަދި ނުސައިރާތު ކޭމްޕުގައިވެސް ޢިމާރާތެއް ވެއްޓެން އުޅުމުގެ ސަބަބުން މީހުން ވަނީ ހުސްކޮށްފައެވެ.

ޣައްޒާގެ މުނިސިޕަލްޓީތަކާއި ސިވިލް ޑިފެންސްގައި ފެން ހިއްކާނެ ޕަމްޕެއް އަދި ތެޔޮވެސް ނެތެވެ. މިހާރު ޣައްޒާގައިވާ 1,000 އަށްވުރެ ގިނަ ކޭމްޕުގައި ދިރިއުޅޭ 1.1 މިލިއަން މީހުން ތިބީ ފިނި މޫސުމުގެ ނުރައްކަލަށް ހުށަހެޅިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި