Monday, 9 November 2026
Ads by

އެތައް އަހަރެއްގެ އިންތިޒާރަށްފަހު ފަސްތަރީގެ ”މެންހަޓަން ގްރޭންޑް ހޮޓެލް“ ރަސްމީކޮށް ހުޅުވައިފި

އެތައް އަހަރެއްގެ އިންތިޒާރަށްފަހު ފަސްތަރީގެ ”މެންހަޓަން ގްރޭންޑް ހޮޓެލް“ ރަސްމީކޮށް ހުޅުވައިފި

އެތައް އަހަރެއްގެ އިންތިޒާރަށްފަހު ފަސްތަރީގެ "މެންހަޓަން ގްރޭންޑް ހޮޓެލް" ރަސްމީކޮށް ހުޅުވައިދެއްވުން ---

އެތައް އަހަރެއް ވަންދެން މަސައްކަތް ހުއްޓި، ވީރާނާވާން ދޫކޮށްލާފައި އޮތް އިމާރާތް ނިންމައި، މާލެ ސަރަހައްދުގައި މިހާތަނަށް ހުޅުވި އެންމެ ބޮޑު ފަސްތަރީގެ ހޮޓާ ”މެންހަޓަން ގްރޭންޑް ހޮޓެލް“ގެ ނަމުގައި މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ. ހުޅުމާލޭގައި ގާއިމުކޮށްފައިވާ މި ހޮޓާ ހުޅުވައިދެއްވީ މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރެވެ.

Ad Image
Ads by

މި ހޮޓަލަކީ 2011 ވަނަ އަހަރު 34 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން އިމާރާތް ކުރަން ފެށި ތަނެކެވެ. އޭގެ ފަހުން 20 އަހަރުގެ ތެރޭގައި 17 އިންވެސްޓަރަކު އެތަން ތަރައްގީކުރުމުގެ ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، އެކި ސަބަބުތަކާ ހުރެ މަސައްކަތް އޮތީ މުޅިން ހުއްޓިފައެވެ.

ނަމަވެސް، ސަރުކާރުގެ ބޭނުންތަކަށް ހާއްސަ ބަޔަކާއެކު މި އިމާރާތުގެ މަސައްކަތް ނިންމުމަށް ”ވޯލްޑް އޮފް ބިޒްނަސް“ ކުންފުންޏާ ހަވާލުކުރިތާ އެކަނި 11 މަސްދުވަހުގެ ތެރޭގައި ވަނީ މަސައްކަތް އެއްކޮށް ނިންމައި، ހޮޓާ ހުޅުވުމަށް ތައްޔާރުކޮށްފައެވެ.

ޖުމްލަ 162 ކޮޓަރިއާއި ސުއިޓް ހިމެނޭ ގޮތަށް ނުވަ ފަންގިފިލާއަށް ބަހާލައިގެން ތަރައްގީކޮށްފައިވާ މި ހޮޓަލުގައި ސްވިމިން ޕޫލް، ސްޕާ އަދި ޖިމުގެ އިތުރުން ގްރޭންޑް ބެންކެޓް ހޯލަކާއި އިވެންޓްތަކަށް ހާއްސަ ބޮޑު ތިން ހޯލު ހިމެނެއެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ފްރެންޗައިޒް ހަތަރު ރެސްޓޯރެންޓެއްވެސް މި ހޮޓަލުގައި ހުންނާނެއެވެ.

މި ހޮޓަލަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހުޅުމާލޭގައި ފެންވަރު ރަނގަޅު ޓްރާންސިޓް ހޮޓަލެއް ގާއިމުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ ތަނެކެވެ.

ހޮޓަލުގެ ވެރިޔާ އިބްރާހިމް ނައީމް ވިދާޅުވީ، އެތައް ދުވަހަކު ނުނިމި އޮތް މި އިމާރާތުގެ މައުލޫމާތު ހިއްސާކުރައްވައި ރައީސަށް ފޮނުއްވި ސިޓީއާއެކު، މި މަޝްރޫއު ކުރިއަށް ގެންދެވޭނެ މަގު ފަހިވެގެންދިޔަ ކަމަށެވެ. އަދި ގައުމީ ތަރައްގީއަށް އިސްކަންދެއްވާ ވެރިއެއްގެ ގޮތުގައި ރައީސް މުއިއްޒު މި ކަމުގައި ނިންމެވި ނިންމެވުމާމެދު އުފާކުރައްވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކުރެހުންތައްވެސް ނެތި، ތަޖުރިބާކާރުންގެ އެހީގައި ބޮޑެތި ބަދަލުތަކެއް ގެނެސްގެން ނިންމި މި ހޮޓަލުން ދައުލަތަށް ޓެކްސްގެ ގޮތުގައި އަހަރަކު ގާތްގަނޑަކަށް 3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.

މި އިމާރާތުގައި ސަރުކާރުގެ ބޭނުންތަކަށް ހާއްސަކޮށްފައިވާ 3.5 ފަންގިފިލާގެ ޖާގައިގައި މީޑިއާ ވިލެޖާއި، އީ-ސްޕޯޓްސް ޔޫތު ސެންޓަރާއި، ހެރިޓޭޖް ކޮލެޖްގެ އިތުރުން މެޑިކަލް ކޮލެޖެއް ތަރައްގީކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ”ޑީޕް ސީފުޑް ކޮމްޕެނީ“ގެ 50 އިންސައްތަ ފޮރިން އިންވެސްޓްމަންޓާއެކު ތަރައްގީކުރި މި ހޮޓާ ހިންގުމަށް ހަމަޖެހިފައިވަނީ ”ވޯލްޑް އޮފް ބިޒްނަސް“ ކުންފުނީގެ ފަރާތުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
އަލިބެ
އަލިބެ
1 ދުވަސް ކުރިން

މިއީ މައުމޫނަށް ފަހު ރާއްޖޭގެ ވެރިކަމަށް އައި ކޮންމެ މީހަކަށް ދިމާވި ބޮޑު ޗެލެންޖެކެވެ. އެންމެން ފެއިލްވި މި މަޝްރޫއު، މި ނިންމާލީ ޑޮކްޓަރ މުއިއްޒުގެ ރިޔާސަތުގައެވެ. ދެ އަހަރު ތެރޭގައި އިންވެސްޓަރެއް ހޯދާ، އިމާރާތްކޮށް ނިންމާ ހުޅުވާނެ ގޮތެއް، ކުރާނެ ބަޔަކު ހޯދާ އެކަން ކާމިޔާބު ކުރީއެވެ. ޝުކްރިއްޔާ!

Ads by
ފަހުގެ ޚަބަރު
Shahid 232
ޝާހިދު ހައްޔަރުކުރި އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި
20261108_220208
ހޫޘީންގެ ޙިޞާރުގެ ސަބަބުން ތަޢިއްޒު ސިޓީގައި 347،000 ކުދިންނަށް ވެކްސިން ނުލިބުމުގެ ބިރު
20261109_165505
އީރާނުގެ މައްސަލާގައި ޓްރަމްޕް، ޕޫޓިން އަދި ޝީ މަޝްވަރާކުރަނީ: ނިއުކްލިއަރ ޕްރޮގްރާމާއި ކަނޑުއޮޅީގެ މައްސަލައަށް ޙައްލެއް
451320_3_6fb9ad7a8eb29c37a9c9e816cf3404b5236e091b
މާލެ ސިޓީ ކައުންސިލްގެ ޤުރުއާނާއި މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި
Ads by
މަގުބޫލު
IMG-20261103-WA0012
ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
shahid565
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ޝާހިދުގެ މައްސަލަ ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި
IMG-20261103-WA0009
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި
IMG-20261103-WA0012
ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
shahid565
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ޝާހިދުގެ މައްސަލަ ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި
IMG-20261103-WA0009
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި