Ads by
ޚަބަރު
ރައީސް ޞާލިޙް ކުރެއްވި ފުރިހަމަ ކެމްޕޭނާއި، ދެއްކެވި ހިއްވަރަށް ރައީސް ނަޝީދުގެ ތައުރީފް!

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތައުރީފު ކުރައްވައިފިއެވެ.

Ads by Eki Online

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙް ކުރެއްވި ފުރިހަމަ ކެމްޕޭނާއި، ދެއްކެވި ހިއްވަރާއި، ރިވެތި މިސާލަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށާއި މުޅި އެމްޑީޕީއަށް ވެސް މަރުހަބާ ދަންނަވާ ކަމަށެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއާ ގުޅިގެން އެއްވެސް މީހަކު އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުންނަށް ބަދުބަސްބުނެ ފުރައްސާރަ ނުކުރުމަށް ވެސް އެމަނިކުފާނު ރޭ ވަނީ އެދިވަޑައިގެންފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޑރ. މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގަތީ 126,842 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް, ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 108,500 ވޯޓެވެ.

މި މަހު ނުވައެއްގައި ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އެމަނިކުފާނަށް ފުރަތަމަ ބުރުގައި 110،000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ތޫރަ5 މަސް ކުރިން

ބަރުލަމާނީ ބަލިކުރާނަން ގަންޖާ ބެ މޮޔަވާނެ އީންޝާ އައްލާޙް.

0
0