Ads by
ޚަބަރު
މުއިއްޒަށް ޤާސިމް މަރުހަބާ ވިދާޅުވެއްޖެ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް މަރުހަބާ ވިދާޅުވެއްޖެއެވެ.

Ads by Eki Online

ޑރ. މުއިއްޒު އަދި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފަށް މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓްގައި ޤާސިމް ވިދާޅުވީ، ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް އިންތިހާބު ކުރެވުނު މަޤާމުގެ ޒިންމާއަށް އަމާނާތްތެރިވެ، ތެދުވެރިކަމާ ވަފާތެރިކަމާ އެކު، ޤާނޫނީ ހުކޫމަތު ދަމަހައްޓާ، ދިމިޤްރާތީ ހަމަތަށް ނަގަހައްޓާ، ޤައުމުގެ މިނިވަންކަމާ، އިސްތިޤްލާލް ނަގަހައްޓާ، ދިވެހި ރައްޔިތުންގެ ހަައްޤުތައް ރައްކާތެރި ކޮށް، އެންމެހާ ދިވެހިރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، ދިވެހިޤައުމާއިގެން ކުރިއަށް ވަޑައިގަންނަވާނޭ ކަން ޔަގީން ކުރައްވާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޮޑުތަނުން އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. އެގޮތުން ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓަށް ލިބިވަޑައިގެންނެވީ 126586 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ %54.05އެވެ.

އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ލިބިވަޑައިގެންނެވީ 107611 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ %45.95އެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *