Tuesday, 17 November 2026
Ads by

ހިޔާވަހި ފައިނޭންސް ސްކީމުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިިދޭނަން: ރައީސް

ހިޔާވަހި ފައިނޭންސް ސްކީމުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިިދޭނަން: ރައީސް

ރައްޔިތުންގެ އަޑު" ސިލްސިލާ ޕްރޮގްރާމްގެ 12 ވަނަ އެޕިސޯޑުގައި ރައީސް ރައްޔިތުންނާ ބައްދަލުކުރައްވަނީ ---

އަމިއްލަ ގޯތީގައި ގެދޮރު އިމާރާތް ކުރުމަށް ސަރުކާރުން ދޫކުރާ ”ހިޔާވަހި ފައިނޭންސް ސްކީމް“ގެ ދަށުން އެދޭ މިންވަރަށް ލޯނު ނުލިބި، އާންމުންނަށް ކުރިމަތިވާ ދަތިތަކަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

Ad Image
Ads by

”ރައްޔިތުންގެ އަޑު“ ސިލްސިލާ ޕްރޮގްރާމްގެ 12 ވަނަ އެޕިސޯޑުގައި އާންމު ފަރާތަކުން ވަނީ ރަށްރަށުގެ ކެޓަގަރީން ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވީ ނަމަވެސް، އެޕްލައި ކުރުމުން ލިބުނީ 650،000 ރުފިޔާ ކަމަށާއި އެ އަދަދުން އިމާރާތް ކުރުމުގެ މަސައްކަތް ނުނިންމޭ ކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ.

މި ކަމާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ، އެފަދަ މައްސަލައެއް މީގެ ކުރިން ސަމާލުކަމަށް އައިސްފައި ނުވާ ކަމަށާއި، ރަށްރަށުގައި ގެދޮރު އިމާރާތް ކުރުމަށް ހަ ލައްކަ ރުފިޔާއިން މަސައްކަތް ނުނިންމޭނެކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ލޯނުގެ އަދަދު ކުޑަވީ އާމްދަނީއަށް ބަލައިގެންތޯ ހައުސިން މިނިސްޓްރީ މެދުވެރިކޮށް ބައްލަވައި، އުސޫލުގެ ތެރެއިން ލޯނު ޓޮޕްއަޕް ކުރެވޭނެ އިންތިޒާމެއް އޮތްތޯ ބައްލަވައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާވަހި ސްކީމުގެ ދަށުން ރަށްވެހި ފައިނޭންސިންގެ އިތުރުން ސަހަރު ފައިނޭންސިން އާއި ފަހިމާލެ ފައިނޭންސިންގެ ނަމުގައި ތިން ކެޓަގަރީއަކުން ލޯނު ދޫކުރެއެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ މައުލޫމާތުތަކަށް ބަލާއިރު، މި ސްކީމުގެ ދަށުން މިހާތަނަށް 891 މީހަކަށް ލޯނު ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 244 މީހަކަށް ވަނީ ފައިސާ ދޫކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި