Tuesday, 17 November 2026
Ads by

ދެހީޝާ ރެފިއުޖީ ކޭމްޕުގައި ހުރި ގުދަނަކަށް ވަދެ، އެތައްހާސް ޝެކެލްގެ އަގުހުރި ކުކުޅުބިސް ކޭސްތަކެއް ޔަހޫދީން ހަލާކުކޮށްލައިފި

ދެހީޝާ ރެފިއުޖީ ކޭމްޕުގައި ހުރި ގުދަނަކަށް ވަދެ، އެތައްހާސް ޝެކެލްގެ އަގުހުރި ކުކުޅުބިސް ކޭސްތަކެއް ޔަހޫދީން ހަލާކުކޮށްލައިފި

އިސްތިއުމާރުކޮށްފައިވާ ބައިތުލަޙަމް ކައިރީގައިވާ ދުހައިޝާ ރެފިއުޖީ ކޭމްޕަށް އިޒްރޭލުގެ ސިފައިންނާއި ޔަހޫދީ ވަޒަންވެރިން ގަދަބާރުން ވަދެގަނެ، އެ ސަރަޙައްދުގެ ޑިސްޓްރިބިއުޝަން ގުދަނެއްގައި ހުރި އެތައް ހާސް ޝެކެލްއެއްގެ އަގުހުރި ކުކުޅުބިސް ތަޅައި ސުންނާފަތިކޮށްލުން (ފޮޓޯ ކޮލާޖު)

އިސްތިއުމާރުކޮށްފައިވާ ވެސްޓު ބޭންކުގައި ބައިތުލަޙަމް (ބެތުލެހެމް) ކައިރީގައިވާ ދެހީޝާ ރެފިއުޖީ ކޭމްޕަށް އިސްތިއުމާރީ ވެރިކަން، އިޒްރޭލުގެ ޓެރަރިސްޓު ސިފައިންނާއި ހަރުކަށި ފިކުރު ޔަހޫދީ ވަޒަންވެރިން ވަދެ، ވިޔަފާރިކުރާ ގުދަނެއްގައި ހުރި އެތަކެއްހާސް ޝެކެލްގެ އަގުހުރި ކުކުޅުބިސް ކޭސްތަކެއް ހަލާކުކޮށް ތަޅާލާފައެވެ.

Ad Image
Ads by

ފަލަސްޠީނުގެ ރިޕޯޓުތައް ބުނާ ގޮތުގައި، ނޮވެމްބަރު 3 ވީ އަންގާރަ ދުވަހު އިޒްރޭލު ސިފައިން ދެހީޝާ ކޭމްޕަށް ވަދެ ހިންގި އަސްކަރީ ޙަރަކާތުގެ ތެރޭގައި، ކާބޯތަކެތި ރައްކާކުރާ ގޯޑައުންއަކަށް ވަދެ ވަނީ އެތަނުގައި ހުރި ގިނަ އަދަދެއްގެ ކުކުޅުބިސް ފޮށިތައް އުކާލައި ތަޅާލާފައެވެ. މިއީ އެ ކޭމްޕުގެ ވިޔަފާރިވެރިންނަށް ލިބުނު އެތައްހާސް ޝެކެލްގެ ބޮޑު މާލީ ގެއްލުމެކެވެ.

ކޭމްޕުގެ އާންމުން ހާމަކުރި ގޮތުގައި، އިޒްރޭލު ސިފައިންގެ ޙިމާޔަތުގައި ކޭމްޕަށް ވަދެގަތް ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިންވެސް ވަނީ މި ތަކެތި ހަލާކުކުރުމުގައި ސީދާ ބައިވެރިވެފައެވެ. މިއީ ވެސްޓު ބޭންކުގައި ފަލަސްޠީނު ރައްޔިތުންގެ އިޤްތިޞާދީ އަދި ކާބޯތަކެތީގެ ވަޞީލަތްތައް ހަލާކުކުރުމަށް އިޒްރޭލުން ދުވަހުން ދުވަހަށް ހިންގަމުންދާ ޖަރީމާތަކުގެ ތެރެއިން ހިނގި ކަމެކެވެ.

މި ހާދިސާ ހިނގާފައިވަނީ ވެސްޓު ބޭންކުގެ އެކި ސަރަޙައްދުތަކުގައި ފަލަސްޠީނު މުސްލިމުންގެ ޒައިތޫނި ދަނޑުތަކާއި، ދޮންކެޔޮ ދަނޑުތަކަށް ހައްދުފަހަނައަޅާފައިވާ އިޒްރޭލު ޔަހޫދީ ވަޒަންވެރިން ޙަމަލާދީ ތަކެތި ފޭރެމުންދާ ދަނޑިވަޅެއްގައެވެ. ދެހީޝާ ކޭމްޕުގެ ކާބޯތަކެތި ރައްކާކުރާ ތަންތަނަށް ހަމަލާދިނުމަކީ ކޭމްޕުގެ އާންމު ރައްޔިތުންނަށް ކާބޯތަކެތި ލިބުމަށް އޮތް ބޮޑު ހުރަހެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި