Monday, 9 November 2026
Ads by

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ޒިހާންގެ ބަންދަށް 14 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ޒިހާންގެ ބަންދަށް 14 ދުވަސް

ދައުލަތުގެ މައި ތިން ބާރު ތަމްސީލުކުރާ އިމާރާތްތަކުގައި ހުޅުޖެހުމަށް ސޯޝަލް މީޑިއާގައި ހިތްވަރުދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަންގެ ބަންދުގެ މުއްދަތު އިތުރު 14 ދުވަހަށް ކޯޓުން އިތުރުކޮށްފިއެވެ.

Ad Image
Ads by

ފުވައްމުލަކުން ހައްޔަރުކުރި ޒިހާންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އިތުރު 14 ދުވަސް ދީފައިވާކަން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ކުރިން އޭނާ ހުރީ 15 ދުވަހުގެ ބަންދެއްގައެވެ.

ޒިހާން ހައްޔަރުކުރީ އަލްބޭނިއާގެ ސުޕްރީމް ކޯޓުގައި މުޒާހަރާގެ ބައިވެރިން ހުޅުޖެހި ހާދިސާއެއްގެ ޚަބަރު ފޭސްބުކްގައި ހިއްސާކުރަމުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލިސް އަދި ސުޕްރީމް ކޯޓުގެ އިމާރާތުގައި މީހުން ހުޅުނުޖަހަނީ ކީއްވެގެންތޯ ސުވާލުކޮށް، އެފަދަ ކަމެއް ކުރުމަށް ހިތްވަރުދީފައިވާ މައްސަލައިގައެވެ. އެ ޕޯސްޓު ކުރިތާ ގަޑިއެއްހާއިރު ތެރޭގައި ޑިލީޓްކުރި ނަމަވެސް، މައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.

ޔޫއެސް ނޭވަލް އެކެޑަމީން ތައުލީމު ހާސިލުކުރައްވާފައިވާ ޒިހާން ވަނީ ކުރިން އެމްއެންޑީއެފްގެ ފަސްޓް ލެފްޓިނެންޓްކަމާއި ނޭވަލް އާކިޓެކްޓެއްގެ މަގާމު އަދާކުރައްވާފައެވެ. ސިފައިންގެ ޚިދުމަތުން ވަކިކުރުމަށްފަހު، 2024 ވަނަ އަހަރު ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަންކުރެވުނު ނަމަވެސް ފަހުން ވަނީ އެ މަގާމުންވެސް ވަކިކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Shahid 232
ޝާހިދު ހައްޔަރުކުރި އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި
20261108_220208
ހޫޘީންގެ ޙިޞާރުގެ ސަބަބުން ތަޢިއްޒު ސިޓީގައި 347،000 ކުދިންނަށް ވެކްސިން ނުލިބުމުގެ ބިރު
20261109_165505
އީރާނުގެ މައްސަލާގައި ޓްރަމްޕް، ޕޫޓިން އަދި ޝީ މަޝްވަރާކުރަނީ: ނިއުކްލިއަރ ޕްރޮގްރާމާއި ކަނޑުއޮޅީގެ މައްސަލައަށް ޙައްލެއް
451320_3_6fb9ad7a8eb29c37a9c9e816cf3404b5236e091b
މާލެ ސިޓީ ކައުންސިލްގެ ޤުރުއާނާއި މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި
Ads by
މަގުބޫލު
IMG-20261103-WA0012
ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
shahid565
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ޝާހިދުގެ މައްސަލަ ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި
IMG-20261103-WA0009
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި
IMG-20261103-WA0012
ޝާހިދުގެ މައްސަލަ ބޭރުގެ އިދާރާތަކަށް އަންގައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
shahid565
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ޝާހިދުގެ މައްސަލަ ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި
IMG-20261103-WA0009
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި