މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026 ރައީސުލްޖުމްހޫރިއްޔާ އިފުތިތާޙުކޮށްދެއްވައިފިއެވެ،
އާއިލީ ދުޅަހެޔޮކަމާއި ސިއްހީ ދާއިރާގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ ”މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026“ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ނޮވެމްބަރު 7 ވަނަ ދުވަހުގެ ނިޔަލަށް ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މައުރަޒަކީ ސިއްހީ ޚިދުމަތްދޭ އިދާރާތަކުން ލިބެންހުރި ޚިދުމަތްތަކުގެ މައުލޫމާތާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އިރުޝާދު ތަޖުރިބާކާރުންގެ ފަރާތުން އާންމުންނަށް ސީދާ ހޯދޭނެ ގޮތަށް އިންތިޒާމުކޮށްފައިވާ އެކްސްޕޯއެކެވެ.
އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ޑރ. މުޙައްމަދު މުޢިއްޒުއާއި ސާޖިދާ މުޙައްމަދު ވަނީ މައުރަޒުގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، ސިއްހީ ދާއިރާއިން ލިބެންހުރި ޚިދުމަތްތަކުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ.












