Friday, 27 November 2026
Ads by

ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށްވެސް ޕެންޝަން ފަންޑުން ހައްޖު ޖާގަ ރިޒާވްކުރެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށްވެސް ޕެންޝަން ފަންޑުން ހައްޖު ޖާގަ ރިޒާވްކުރެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

ޢުމުރުން 65 އަހަރު ފުރުމަށްފަހު ޕެންޝަން ފައިސާއިން ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް އޮތް ހުރަސް ނައްތާލައި، އެ ފުރުޞަތު ފަހިކޮށްދިނުމަށް ޕެންޝަނާބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެކުލަވާލި އާ ގަވާއިދަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.

Ad Image
Ads by

މީގެ ކުރިން 65 އަހަރު ފުރިފައިވާ މީހުންނަށް ނުވަތަ ޖާގަ ކަށަވަރުވާއިރު އެ އުމުރު ފުރޭ މީހުންނަށް ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކޮށްގެން ޙައްޖު ޖާގަ ރިޒާވްކުރުމުގެ ފުރުޞަތު ނުލިބުނު ނަމަވެސް، މިއަދު އަމަލުކުރަން ފެށި އުޞޫލާއެކު ޝަރުތުހަމަވާ ކޮންމެ އުމުރެއްގެ މީހަކަށްވެސް އެ ހައްގު ވަނީ ކަށަވަރުވެފައެވެ.

މި ސްކީމުގެ ދަށުން ޙައްޖު ޖާގަ ރިޒާވްކުރުމަށް އެދޭ މީހުންގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، އިސްލާމީ ފަރުޟު ޙައްޖެއް މީގެ ކުރިން އަދާކޮށްފައިނުވުމާއެކު، ޕެންޝަން އެކައުންޓުގައި މަދުވެގެން 336،000 ރުފިޔާ ހުރުން ހިމެނެއެވެ. އަދި ބޯހިޔާވަހިކަމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާނަމަ، އެ ބައި އުނިކުރުމަށްފަހުވެސް އެކައުންޓުގައި އެ އަދަދު ބާކީ ހުންނަންޖެހޭނެއެވެ.

އަލަށް އަމަލުކުރަން ފެށި އުޞޫލުގައިވާ ގޮތުން، ޙައްޖަށް ދާން އެދޭ މެންބަރުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ދަތުރުގެ އަގުގެ 20 އިންސައްތަ ދެއްކުމަށްފަހު ޕެންޝަން އޮފީހަށް ހުށަހެޅުމުން ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދޭނެއެވެ. މީގެ އިތުރުން ޙައްޖު ކޯޕަރޭޝަނާ ފައިސާ ހަވާލުކުރުމާ ހަމައަށް އެ ފައިސާ އެކައުންޓުން އުނިނުވެ އިންވެސްޓްކުރެވެމުންދާނެ ކަމަށް ޕެންޝަން އޮފީހުން މައުލޫމާތުދެއެވެ.

ޙައްޖު ބެނެފިޓުގެ ދަށުން ފައިސާ ރިޒާވްކުރުމުން މަހުން މަހަށް ލިބޭ ޕެންޝަންގެ އަދަދަށް ބަދަލުއައުން އެކަށީގެންވި ނަމަވެސް، އެއްވެސް ސަބަބަކާހުރެ ރިޒަވޭޝަން ކެންސަލްވެއްޖެނަމަ އެ ފައިސާ އަނބުރާ އެކައުންޓަށް ޖަމާކޮށް ޕެންޝަން އަލުން ހިސާބުކުރެވޭނެއެވެ.

މި ބަދަލު އައިސްފައިމިވަނީ، ފައިސާ ދައްކައިގެން ކިއުގައި ތިބި 70 އަހަރުން މަތީގެ 324 މީހުންނަށް އަންނަ އަހަރު ޙައްޖަށް ދިއުމުގެ ފުރުޞަތު ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ރާއްޖެއަށް އަހަރަކު 1،000 ޙައްޖު ކޯޓާ ލިބޭއިރު، މިއީ ދޮށީ އުމުރުގެ މީހުންނަށް އުއްމީދީ ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
iran war 27
މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ ކުވައިތާއި ސައުދީއަށް ހަމަލާތަކެއް
big_zVkkuulzYaR64uQlSme1MOq15
ރަސްމާލެއިން އަންނަ ބަދަލާއެކު ރާއްޖެ އާ ހަރުފަތަކަށް ގެންދެވޭނެ: ނައިބު ރައީސް
Hukuru 65
ފާޙިޝު ޢަމަލުތައް ނުހުއްޓުވިއްޖެނަމަ ރާއްޖެ ޞިއްޙީ ބޮޑު ކާރިޘާއަކާ ކުރިމަތިލާން ޖެހިދާނެ: ޚުޠުބާ
mifco addu
އައްޑޫ ހުޅުދޫގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
netanyahu
އެމެރިކާގެ އެހީތެރިކަމާ ނުލައިވެސް އީރާނަށް ހަމަލާދޭން ތައްޔާރުކަމަށް އިސްރާއީލުން ބުނެފި
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
netanyahu
އެމެރިކާގެ އެހީތެރިކަމާ ނުލައިވެސް އީރާނަށް ހަމަލާދޭން ތައްޔާރުކަމަށް އިސްރާއީލުން ބުނެފި