އެމެރިކާގެ އައޯވާ ސްޓޭޓްގެ ޑުބިއުކްގައި ނޮވެމްބަރ 1 ވަނަ ދުވަހު ބޭއްވި ކެމްޕޭން ރެލީއެއްގައި، ވިއެޓްނާމް ހަނގުރާމައާ ގުޅޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކުގައި ތާރީޚީ އަދި ޖިއޮގްރަފީގެ ގޮތުން ބޮޑެތި އޮޅުންތަކެއް ހުރިކަން ހާމަވެއްޖެއެވެ.
ޓްރަމްޕް ބުނީ ޖަންގަލިތަކަށް ކެމިކަލް އެޅުމުގެ ބަދަލުގައި ”ހޯ ޗީ މިން ސިޓީ“ އަށް ބޮން އެޅިނަމަ އެއް ހަފްތާ ތެރޭގައި އެމެރިކާއަށް ހަނގުރާމަ ކާމިޔާބު ކުރެވުނީސް ކަމަށެވެ. ނަމަވެސް މިއީ ޙަޤީޤަތާ މުޅިން ޚިލާފު ވާހަކައެކެވެ.
Donald Trump is talking of winning the Vietnam War in a week. 😁🤣
But he doesn’t even remember that United States 🇺🇸 was supporting South Vietnam in the war and that Ho Chi Minh City aka Saigon was the capital of South Vietnam !
He is talking of throwing agent Orange on the… https://t.co/ElPvpQToqB
— Bhushan (@bhs7rocks) November 2, 2026
ވިއެޓްނާމް ހަނގުރާމައިގެ (1955-1975) ދުވަސްވަރު މިހާރުގެ ’ހޯ ޗީ މިން ސިޓީ‘ އަށް ކިޔަނީ ސައިގޮންއެވެ. މިއީ އެމެރިކާއިން ދިފާޢުކުރަން ހަނގުރާމަކުރި އެކުވެރި ދެކުނު ވިއެޓްނާމްގެ ވެރިރަށެވެ. އެހެންކަމުން އެ ރަށަށް ބޮން އެޅުމަކީ އެމެރިކާގެ އަމިއްލަ އެކުވެރި ޤައުމުގެ ސަރުކާރު ނައްތާލުންފަދަ ކަމެކެވެ.
އެމެރިކާއާ ދެކޮޅަށް ހަނގުރާމަކުރި އުތުރު ވިއެޓްނާމްގެ (ކޮމިއުނިސްޓުންގެ) ވެރިރަށަކީ 700 މޭލު އުތުރުގައި އޮންނަ ’ހަނޯއީ‘ އެވެ. އަދި ’ހޯ ޗީ މިން ސިޓީ‘ ގެ ނަމުން ސައިގޮންއަށް ނަންދީފައިވަނީ ހަނގުރާމަ ނިމި، 1976 ވަނަ އަހަރު ކޮމިއުނިސްޓުން މުޅި ޤައުމު ހިފުމަށްފަހުގައެވެ.
ޓްރަމްޕް ބުނި ފަދައިން އެމެރިކާއިން ޙަމަލާދިނީ ހަމައެކަނި ޖަންގަލިތަކަކަށް ނޫނެވެ. 1972 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހިންގި ’އޮޕަރޭޝަން ލައިންބެކަރ 2‘ ގައި އެމެރިކާގެ ބީ-52 ބޯޓުތަކުން ވަނީ އުތުރު ވިއެޓްނާމްގެ ވެރިރަށް ހަނޯއީއަށާއި ހައިފޮންގްއަށް އެތައް ހާސް ޓަނެއްގެ ބޮން އަޅައި، އެ ސިޓީތައް ވަރަށް ބޮޑަށް ހަލާކުކޮށްލާފައެވެ.













