Tuesday, 17 November 2026
Ads by

މިނިސްޓަރު ސައީދުގެ އިތުބާރު އޮތްކަމަށް މަޖިލީހުން ފާސްކޮށްފި

މިނިސްޓަރު ސައީދުގެ އިތުބާރު އޮތްކަމަށް މަޖިލީހުން ފާސްކޮށްފި

މިނިސްޓަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ނާކާމިޔާބުވެ، އޭނާގެ އިތުބާރު އޮތްކަމަށް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ.

Ad Image
Ads by

މިއަދު ނެގުނު އެ ވޯޓާއެކު، ސައީދު މަގާމުން ވަކިކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

މަޖިލީހުގެ 13 މެންބަރަކު ސޮއިކުރައްވައި ހުށަހެޅުއްވި މި މައްސަލައިގައި ނެގުނު ވޯޓުގައި، މިނިސްޓަރު ސައީދުގެ އިތުބާރު އޮތްކަމަށް 54 މެންބަރަކު ވޯޓު ދެއްވިއިރު، އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.

އެމްޑީޕީގެ ފަރާތުން މި މައްސަލަ މަޖިލީހަށް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި، ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވުމާއި، ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ނުބެލެހެއްޓުމުގެ އިތުރުން މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުން ހިމެނެއެވެ. އަދި އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހުތަކާއި، ބިޔަ މަޝްރޫއުތައް އިއުލާނުކުރުމަށްފަހު މަސައްކަތްތައް ހުއްޓިފައިވާކަން ވެސް އިދިކޮޅުން ފާހަގަކުރިއެވެ.

މި ތުހުމަތުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ޑޮލަރުގެ ދަތިކަމާ ގުޅޭގޮތުން އިދިކޮޅުން ކުރަނީ ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި ކުރީ ސަރުކާރުގެ ފުރަތަމަ ތިން އަހަރާ އަޅާބަލާއިރު، މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު ބޭންކުތައް މެދުވެރިކޮށް ރަސްމީ ރޭޓުގައި ދޫކުރި ޑޮލަރުގެ އަދަދު %80 އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި