Tuesday, 17 November 2026
Ads by

ގައުމީ އެއްވެސް ބަހާއަކަށް ލޮޅުމެއް އަރާފަދަ ނިންމުމެއް ނުނިންމަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ގައުމީ އެއްވެސް ބަހާއަކަށް ލޮޅުމެއް އަރާފަދަ ނިންމުމެއް ނުނިންމަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ދިވެހިރާއްޖޭގެ ސައްތައިން ސައްތަ އިސްލާމީ އައިޑެންޓިޓީއާއި ފުރިހަމަ މިނިވަންކަމުގެ އިތުރުން ގައުމިއްޔަތުގެ އެއްވެސް ރުކުނަކަށް ކުޑަވެސް އުނިކަމެއް އަންނާނެ ފަދަ ނިންމުމެއް ނުނިންމަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

Ad Image
Ads by

މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޖުމްހޫރީ މައިދާން ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު އަޅުއްވާ ކޮންމެ ފިޔަވަޅަކާއި ނިންމަވާ ކޮންމެ ނިންމެވުމެއްގެ އަސްލަކީ ގައުމީ ބަހާތަކަށް ފުރިހަމަ ދިރުމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އަދި ސަރުކާރުގެ ހުރިހާ އަމާޒެއް ބައްޓަންވެފައިވަނީ ދިވެހި ރައްޔިތުންނަށް އުފާވެރި، ތަރައްގީވެފައިވާ މުސްތަގުބަލެއް ހޯދައިދިނުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނޮވެމްބަރު 3، 1988 ގައި ދިވެހި އުންމަތް ހޯދި ނަސްރަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ ދުވަހު ގައުމަށްޓަކައި ޝަހީދުވި މުޖާހިދުންގެ ހިތްޕުޅުގައި އޮތް އެންމެ ބޮޑު އެދުމަކީ މި އަމާން ވަތަން އެގޮތުގައި ދެމެހެއްޓުން ކަމަށެވެ. އެ ބޭފުޅުން އަމިއްލަ އާއިލާއާއި ޒަވާޖީ ހަޔާތަށްވުރެ ބޮޑަށް އިސްކަންދެއްވީ ގައުމީ މިނިވަންކަމާއި ރައްކާތެރިކަމަށް ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ގައުމަށް އިހުލާސްތެރިވެ ވަފާތެރިވުމުގެ ނަތީޖާއަކީ އަބަދުވެސް ބާއްޖަވެރިކަން ކަމަށާއި، ގައުމަށް ޣައްދާރުވުމުގެ ނަތީޖާއަކީ އަބާއްޖަވެރިކަން ކަމަށެވެ. މިއަދު ދިވެހިން މިނިވަންކަމުގެ އުފާ ލިބިގަންނަމުންދަނީ އެ ދުވަހުގެ ޝަހީދުން ވި ގުރުބާނީގެ ސަބަބުން ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި