Ads by
ޚަބަރު
އިންތިހާބު ތޭވިސް: 2 ޖެހުމާއި ހަމައަށް 60 އިންސަންތަ އަށްވުރެ ގިނަ މީހުން ވޯޓުލައިފި

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިހާތަނަށް އައިރު 171,954 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

Ads by Eki Online

އިލެކްޝަންސް ކޮމިޝަނުން ބުނީ 02:00 ޖެހުމާއި ހަމައަށް 86,441 ފިރިހެނުންނާއި 85,513 އަންހެނުން ވޯޓުލާފައިވާ ކަމަށެވެ. މިއީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން 60.80 އިންސައްތައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282,804 މީހަކަށް ލިބިގެންވެއެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވޯޓުލުމުގެ ކަންތައް މިހާރު ފެށިފައިވާއިރު، ދެވަނަ ބުރަށް ޖުމުލަ 586 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެތެރެއިން މާލެ ސަރަހައްދުގައި 187 ފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގައި 5 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

މިހާތަނަށް ހުރިހާ ތަނެއްގައި ވެސް ވޯޓުލުން ކުރިއަށްދަނީ އަމާންކަމާ އެކުއެވެ. އާންމު އިދާރީ ބައެއް މައްސަލަތައް ކުރިމަތިވި ނަމަވެސް ޖުމްލަގޮތެއްގައި އަދި ބޮޑު މައްސަލައެއް ނެތްކަން ފާހަގަކުރެވެއެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *