Tuesday, 3 November 2026
Ads by

މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް: ހުރިހާ ޓަރޝަރީ ހޮސްޕިޓަލެއް އެއް ބޯޑެއްގެ ދަށަށް

މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް: ހުރިހާ ޓަރޝަރީ ހޮސްޕިޓަލެއް އެއް ބޯޑެއްގެ ދަށަށް

ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރައްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ޓަރޝަރީ ހޮސްޕިޓަލްތައް އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ”މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް“ (އެމްޓީއެޗްޖީ) އުފައްދަވައި، އެ ގްރޫޕް ހިންގުމަށް 18 ބޭފުޅުންގެ މައްޗަށް އެކުލެވޭ ގަވަރނިންގ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލައްވައިފިއެވެ.

Ad Image
Ads by

މި ބަދަލާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އާއި، އަތޮޅުތަކުގެ 5 ހޮސްޕިޓަލެއްގެ ގަވަރނިންގ ބޯޑުތައް މިހާރު ވަނީ އުވައިލައްވާފައެވެ. އެގޮތުން އުވައިލެވުނު ބޯޑުތަކުގެ ތެރޭގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ބޯޑު ހިމެނެއެވެ.

ޕީއެސްއެމް ނިއުސްގެ ”ނެޝަން ޗެޓް“ ގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ބަދަލުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޞިއްޙީ ދާއިރާގައި ކުރެވޭ އިސްރާފު ކުޑަކޮށް، އެންމެ އެކަށީގެންވާ އަދި ދެމެހެއްޓެނިވި ޚިދުމަތުގެ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ. އަދި ހޮސްޕިޓަލްތަކުގެ ހިންގުން އެއް ވިއުގައަކުން ގުޅާލެވުމުން، ހިންގުމުގެ ނިޒާމުގެ ގުޅުން ބަދަހިވެ، އެފިޝަންސީ އިތުރުވެ، ވަށާޖެހޭ ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އަންނަ އަހަރުގެ ބަޖެޓުން މިކަމަށް ފަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، އެމްޓީއެޗްޖީ އުފައްދަވާފައިވަނީ ސަރުކާރުގެ ޓަރޝަރީ ހޮސްޕިޓަލުތަކާއި އެ ފެންވަރަށް ތަރައްޤީކުރަމުންދާ ހޮސްޕިޓަލުތައް ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލްއަކަށް ހިންގުމަށެވެ. އަދި މި ބޯޑަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އެމަނިކުފާނަށް ޖަވާބުދާރީވާ، އަދި ސިއްހަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވުޒާރާއާ ގުޅިފައިވާ ގޮތަށް ހިނގަމުންދާނެ ބޯޑެކެވެ. މި ބޯޑާއި ބޯޑުގެ ދަށުން ހިނގާ ތަންތަނުގެ ކަންކަން ވިލަރެސްކުރައްވާނީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްއެވެ.

މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ބޯޑުން ބަލަހައްޓާނެ ތަންތަން:

  • ދަރުމަވަންތަ ހޮސްޕިޓަލް
  • އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)
  • ހުޅުމާލެ ހޮސްޕިޓަލް
  • ވިލިމާލެ ހޮސްޕިޓަލް
  • މޯލްޑިވިއަން ބްލަޑް ސަރވިސަސް އަދި އެތަނުގެ ދަށުން ހިނގާ ތެލަސީމިއާ އެންޑް އަދަރ
  • ހީމޮގްލޮބިނޯޕަތީސް ސެންޓަރ
  • ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
  • އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
  • ގަން ރީޖަނަލް ހޮސްޕިޓަލް
  • ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
  • ފުވައްމުލަކު ހޮސްޕިޓަލު
  • އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

 

އެމްޓީއެޗްޖީގެ ގަވަރނިންގ ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:

  • ޑރ. ޢަބްދުލްޢަޒީޒު ޔޫސުފް (ޗެއަރޕަރސަން – ޞިއްޙީ ދާއިރާގެ ގިނަ ދުވަހުގެ ތަޖުރިބާކާރެއް)
  • ޙުސައިން ޙަލީމް (ވައިސް ޗެއަރޕަރސަން – އައިޓީ ދާއިރާގެ ތަޖުރިބާކާރެއް)
  • އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް (ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ)
  • ޑރ. އިބްރާހީމް ޔާސިރު އަޙްމަދު (ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ / ޞިއްޙީ ތަޖުރިބާކާރު)
  • ނަޔާޒު އަޙްމަދު (ޕްރައިމަރީ ހެލްތްކެއަރގެ ތަޖުރިބާކާރެއް)
  • ޑރ. މަރްޔަމް ޖެނިފާ (ޕަބްލިކް ހެލްތު ދާއިރާގެ ތަޖުރިބާކާރެއް)
  • ފާޠިމަތު ޢާފިޔާ ވަޙީދު (ނަރސިންގ ދާއިރާގެ ތަޖުރިބާކާރެއް)
  • މޫސާ ކަލީމް ޤާސިމް (ހުޅުމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް)
  • މުޙައްމަދު މަބްރޫކް (ވިލިމާލެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ)
  • ޢާލިމް ޝަކީލް (ވިލިމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް)
  • އަލްއުސްތާޛާ ތަސްލީމާ (ސިއްހަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވުޒާރާގެ ފަރާތުން)
  • އާދަމް ބަދުރުﷲ (މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާގެ ފަރާތުން)
  • ނާޡިމާ ޢަލީ (ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ)
  • ޑރ. އަޙްމަދު ޢަދީލް ނަޞީރު (އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ)
  • ޙުސައިން ޢާޞިފް (އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ)
  • އަޙްމަދު އަޝްރަފް (ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ)
  • ޢަބްދުލްޙަންނާން ޢަބްދުއްރަޙީމް (ގަން ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ)
  • ފަތުޙުﷲ ނަސީމް (ފުވައްމުލަކު ހޮސްޕިޓަލު ހިންގެވުމާ ހަވާލުވެހުންނެވި އިސްވެރިޔާ)

 

މި އައު ނިޒާމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދެވޭ ޓަރޝަރީ ފެންވަރުގެ ޚިދުމަތްތައް އެއް ހަމައެއްގައި ހިފެހެއްޓި، ރައްޔިތުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
1793725236887
އީރާނުގެ ނިއުކްލިއަރ މަރުކަޒަކަށް ނިއުކްލިއަރ ޙަމަލާއެއް ދިނުމަށް ނަތަންޔާހޫ ޓްރަމްޕަށް ބާރުއަޅަނީ: ޓަކަރ ކާލްސަން
LGA PNC
އެލްޖީއޭ ބޯޑަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި
Saeed minister
ވަޒީރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި
FB_IMG_1793714916086
ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ އެމްޑީޕީ ކައުންސިލަރު އައިމަން ހައްޔަރުކޮށްފި
Ads by
މަގުބޫލު
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން