ޑިސެމްބަރު 17, 2025 ގައި އެމެރިކާގެ ހައުސް އޮފް ރީޕްރެޒެންޓެޓިވްސްގެ ތަޅަމުގައި ވާހަކަދައްކަމުން އުމުރުން 18 އަހަރު ނުފުރޭ ކުދީންގެ ޖިންސު ބަދަލުކުރުމުގެ ބޭސްފަރުވާއާއި އޮޕަރޭޝަންތައް ޖިނާއީ ކުށަކަށް ހެދުމަށް ހުށަހަޅާފައިވާ ބިލަށް ކޮންގްރެސްވުމަން ނޭންސީ މޭސް ވަނީ ތާއީދުކޮށްފައެވެ.
ދެކުނު ކެރޮލައިނާގެ ރިޕަބްލިކަން މެންބަރު ނޭންސީ މޭސް ބުނީ ”ނުބައި ހަށިގަނޑަކަށް އުފަންވާ އެއްވެސް ކުއްޖަކު ނުހުންނާނެ“ ކަމަށާއި، ”ޓްރާންސްޖެންޑަރ ކުޑަކުދިން“ (އަންހެނުންކަމަށް ދަޢުވާކުރާ ޠަބީޢީ ފިރިހެނުން އަދި ފިރިހެނުންކަމަށް ދަޢުވާކުރާ ޠަބީޢީ ގޮތުން އަންހެނުން) ސިފަކުރެވޭ ލާދީނީ ކޮންސެޕްޓަކީ ޙަޤީޤަތެއް ނޫން ކަމަށެވެ. އަދި ’ޕްރޮޓެކްޓް ޗިލްޑްރެންސް އިނޮސެންސް އެކްޓް‘ ގެ ދަށުން ކުޑަކުދިންގެ ޖިންސު ބަދަލުކުރުމުގެ ފަރުވާ ދޭ ޑޮކްޓަރުންނަށް 10 އަހަރުގެ ޖަލު ޙުކުމެއް ކަނޑައެޅުމަށް އޭނާ ވަކާލާތު ކުރިއެވެ.
މީގެ އިތުރުން އޭނާ ވަނީ ކޮންގްރެސްއާއި ފެޑެރަލް ސްކޫލްތަކުގެ ފާޚާނާތައް، ވަކީން ޚާއްޞަގޮތެއްގައި އަންހެންކުދީންގެ ފަޚާނާ، އަންހެނުން ކަމަށް ދަޢުވާކުރާ ލާދީނީ ފިރިހެނުން ބޭނުންކުރުމާ ދެކޮޅަށް ވަރުގަދަ ޤާނޫނީ ހުރަސްތަކެއް ކުރިމަތިކުރުވުމަށް އިސްނަގާފައެވެ.














