Tuesday, 3 November 2026
Ads by

ކުޅަދާނަ ލިޔުންތެރިޔާ މަރިޔަމް މޫސާގެ އައު ދިގު ވާހަކައާއި ކުޑަކުދިންގެ ފޮތްތައް ނެރެފި

ކުޅަދާނަ ލިޔުންތެރިޔާ މަރިޔަމް މޫސާގެ އައު ދިގު ވާހަކައާއި ކުޑަކުދިންގެ ފޮތްތައް ނެރެފި

މަރިޔަމް މޫސާގެ ވާހަކަފޮތް ލޯންޗް ކުރުމުގެ ތެރެއިން... ފޮޓޯ| އެކިއެމްވީ

މޯލްޑިވްސް އެކްސްޕޯގައި ރޭ ބޭއްވި ފޮތް ނެރުމުގެ ހަފްލާގައި، ލިޔުންތެރިޔާ މަރިޔަމް މޫސާގެ އައު ދިގު ވާހަކައިގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ގިނަ ފޮތްތަކެއް ނެރެފިއެވެ.

Ad Image
Ads by

ރޭ ބޭއްވި މި ހަރަކާތުގައި ވާހަކަދައްކަމުން މަރިޔަމް މޫސާ ބުނި ގޮތުގައި، އޭނާ އަލަށް ނެރުނު ބޮޑު ވާހަކައަކީ 1990 ގެ އަހަރުތަކުގެ ތެރޭގައި ހިނގާފައިވާ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކައިގައި ލޯތްބާއި ބޭވަފާތެރިކަމުގެ އިތުރުން، އަންހެން ކުއްޖެއްގެ ދިރިއުޅުމުގައި ކުރިމަތިވާނެ އެންމެ ބިރުވެރި ކަންކަން ހިމަނާފައިވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި މި ހާދިސާ ހިނގާފައިވަނީ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހެއްގައި ކަމަށްވެސް އޭނާ ބުންޏެވެ.

ދިގު ވާހަކައިގެ އިތުރުން، ކުޑަކުދިންގެ ފޮތްތައް ލިޔުމަށް ވެސް ހާއްސަ ޝައުގުވެރިކަމެއް ހުންނަ ކަމަށް މަރިޔަމް މޫސާ ބުންޏެވެ. އޭނާ ބުނި ގޮތުގައި މީގެ ކުރިންވެސް ކުޑަކުދިންގެ ފޮތްތައް ލިޔެ، އެ ދާއިރާއިން ތަމްރީނުތަކާއި ވޯކްޝޮޕްތައް ފުރިހަމަކޮށްފައިވާތީ، މިފަހަރުގެ އެކްސްޕޯއަށްވެސް ވަނީ ކުޑަކުދިންނަށް ހާއްސަ ފޮތްތަކެއް ތައްޔާރުކޮށްފައެވެ.

އޭގެ ތެރޭގައި އެކްޓިވިޓީ ފޮތަކާއި، 5 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަ ދެ ވާހަކަ ފޮތް ކަމަށްވާ ”އަމާންގެ ވެލާ“ އަދި ”ބިލާލްގެ ކަނޑުއަސް“ ހިމެނެއެވެ. މީގެ އިތުރުން 3 އަހަރާއި 5 އަހަރާ ދެމެދުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ތައްޔާރުކުރި ވާހަކަ ފޮތެއްވެސް މި ހަފްލާގައި ވަނީ ނެރެފައެވެ.

މަރިޔަމް މޫސާ އިތުރަށް ބުނި ގޮތުގައި، އަލަށް ނެރުނު ބޮޑު ވާހަކަ ފޮތަށް އާންމުންގެ ފަރާތުން ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އެގޮތުން އެކްސްޕޯ ފެށުމުގެ ކުރިން ޗާޕުކޮށްގެން ގެނައި ހުރިހާ ފޮތެއް ކަހަލަ ގޮތަކަށް ވިކި ހުސްވެފައިވާ ކަމަށާއި، މި ހަފްލާއަށް ގެނެވުނީ އެންމެ 25 ފޮތް ކަމަށް އޭނާ ފާހަގަކުރިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
1793725236887
އީރާނުގެ ނިއުކްލިއަރ މަރުކަޒަކަށް ނިއުކްލިއަރ ޙަމަލާއެއް ދިނުމަށް ނަތަންޔާހޫ ޓްރަމްޕަށް ބާރުއަޅަނީ: ޓަކަރ ކާލްސަން
LGA PNC
އެލްޖީއޭ ބޯޑަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި
Saeed minister
ވަޒީރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި
FB_IMG_1793714916086
ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ އެމްޑީޕީ ކައުންސިލަރު އައިމަން ހައްޔަރުކޮށްފި
Ads by
މަގުބޫލު
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
download - 2026-11-03T115704
ޖިންސީގޯނާގެ ތުހުމަތުގަ ހައްޔަރުކުރި ޝާހިދުގެ ދިފާއުގައި މުޅި އާއިލާ އޮތީ ސާބިތުކަމާއެކު: ޝާހިދުގެ ދަރިފުޅު ޔާމީން