Ads by
ޚަބަރު
ވޯޓު ކަރުދާސް ދެއްކުމާއި ފޮޓޯ ނެގުމާ ގުޅިގެން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް!
ފޮޓޯ: މޯލްޑިވްްސް ޕޮލިސް ސަރވިސް

ވޯޓު ކަރުދާސް ދެއްކުމާއި ފޮޓޯ ނެގުމާއި ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރިޔާސީ އިންތިޚާބަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ އޮޕަރޭޝަން ބްލޫވޭވްސް އިން ހާމަކޮށްފައިވާ ގޮތުގައި، ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރެއިން 7 މީހަކު ވަނީ ދޫކޮށްލާފައެވެ. 

10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ލ. ފޮނަދޫ ވޯޓުލާ މަރުކަޒަކުން ކުރުހާފައިވާ ކަރުދާހެއް ދޫކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. 

ވޯޓުކަރުދާހުގައި ކުރަހާފައި ހުރިކަމަށް ބުނާ މައްސަލާގައި، ކުރެހިކަމަށް ތުހުމަތުކުރެވޭ އޮފިޝަލް ދުރުކޮށް އެ ފޮށްޓަށް ވޯޓުލުން ހުއްޓައިލުމަށް ފަހު އާ ފޮށްޓެއް ބަހައްޓައިގެން ވޯޓުލާން ފަށަން މިހާރު ވަނީ ނިންމާފައެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމުގެ މައްސަލަތައް ފެންމަތިވެފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްޤު ޖުމްލަ 282,804 މީހުންނަށް ލިބިގެންވެއެވެ. އެއީ، 144،410 ފިރިހެނުންނާއި 138،394 އަންހެނުންނެވެ. މި އިންތިހާބަށް 586 ވޯޓުފޮށި ބަހައްޓާފައިވެއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *