Tuesday, 24 November 2026
Ads by

އިންސްޕެކްޓަރ ކޯހުގެ 7 ވަނަ ބުރު ދ. ވާނީގައި ފަށައިފި

އިންސްޕެކްޓަރ ކޯހުގެ 7 ވަނަ ބުރު ދ. ވާނީގައި ފަށައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދާ "އިންސްޕެކްޓަރ ކޯސް" ގެ ހަތްވަނަ ބުރުގެ ބައިވެރިން.. ފޮޓޯ| ޕޮލިސް މީޑިއާ

ދިވެހި ފުލުހުންގެ ޚިދުމަތުގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދާ ”އިންސްޕެކްޓަރ ކޯސް“ ގެ ހަތްވަނަ ބުރު ދ. ވާނީ ކެމްޕަހުގައި ފަށައިފިއެވެ.

Ad Image
Ads by

މިއަދުން ފެށިގެން ނުވަ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގައި 81 ކޮމިޝަންޑް އޮފިސަރުން ބައިވެރިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ފުލުހުންގެ ޚިދުމަތުން ހާމަކުރިގޮތުގައި މި ކޯހަކީ ފުލުހުންގެ މުއައްސަސާގެ މިޑްލް މެނޭޖްމަންޓް ލެވެލްގައި މަސައްކަތްކުރާ ފުލުހުންނަކީ މަސައްކަތަށް ގާބިލު، ހުނަރާއި ތައުލީމު ލިބިފައިވާ އަދި އެންމެ އެދެވޭ ނަތީޖާ ނެރެވޭނެ ފަދަ ބަޔަކަށް ހެދުމުގެ މަގުސަދުގައި ހިންގާ ކޯހެކެވެ. މީގެއިތުރުން މެނޭޖީރިއަލް ލެވެލްގައި އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް އޮފިސަރުން އަހުލުވެރިކޮށް، ފުރިހަމައަށް ތައްޔާރުކުރުމަކީ ވެސް މި ކޯހުގެ މުހިންމު އެއް އަމާޒު ކަމަށް ފުލުހުން ބުނެއެވެ.

މި ކޯހުގެ ސަބަބުން ބައިވެރިންގެ ކިބައިގައި ރަނގަޅު ނިންމުންތައް ނިންމުމުގެ ގާބިލުކަން އިތުރުވެ، ހަރުދަނާ އަހުލާގީ މިންގަނޑުތަކުގެ މައްޗަށް ބިނާވެފައިވާ ލީޑަޝިޕް ސިފަތައް އަށަގަންނުވައިދޭނެ ކަމަށާއި، އަދި މި ޒަމާނުގެ ފުލުހުންގެ ޚިދުމަތުގައި ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކާ ކާމިޔާބުކަމާއެކު ކުރިމަތިލުމަށް ބޭނުންވާ އައު އުކުޅުތަކާއި ހުނަރުތައް އޮފިސަރުންނަށް މި ކޯހުގެ ތެރެއިން ދަސްވެގެންދާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ.

ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށާއި، ޒަމާނީ ފުލުހުންގެ ޚިދުމަތަކަށް ބޭނުންވާ ތައުލީމާއި ތަމްރީނު މުވައްޒަފުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ފުލުހުންގެ އެކަޑަމީން ދަނީ ސިލްސިލާކޮށް ގިނަ ތަމްރީނު ކޯސްތަކެއް ހިންގަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
pol scam
ސްކޭމް ފައިސާ ދައުރުކުރަން ޑެލިވަރީ އަދި ޓެކްސީ ޚިދުމަތް ބޭނުންކުރާތީ ސަމާލުވުމަށް އެދިއްޖެ
FSM
އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭ ފުރަތަމަ ސްޓޭޝަންތަކުގެ ފުރަތަމަ ފިޔަވަހީގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެ
police japan
ޖަޕާނުގައި ބޭއްވި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ އޮފިސަރަކު ބައިވެރިވެވަޑައިގެންފި
nasheed, yameen, solih2
ރަސްމާލެ މަޝްރޫޢާ ދެކޮޅުވާ ވެރިން، މާޒީގައި ބޮޑެތި ނިންމުންތައް ނިންމިއިރު ރައްޔިތުން ކޮބާ؟
Ads by
މަގުބޫލު
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
adhaalath party
އިމްރާންގެ ދައުރުގައި ޕާޓީ ދޫކުރެއްވި އިލްމުވެރިންގެ ލިސްޓު އާންމުކޮށް، ޒިނާހު ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވައިފި
Iyaz
ޢަދާލަތު ޕާޓީން ޕީއެންސީއާއިއެކު ކޯލިޝަން ހެދީ މަޝްވަރާއާއި އަޣްލަބިއްޔަތުން: ޑރ. ޢިޔާޟް
Shahid couple
ޝާހިދު ބުނީ 'ދޮންދަރި' އެއް ނެތްކަމަށް، ޒިފްލީނާއި އޭނާގެ ކައިވެނި ރާއްޖޭގަ ރަޖިސްޓްރީވެސް ނުކުރޭ!
HXoRFUHawAAzUJa
މިރޭ ހުޅުމާލެ ފޭސް 2 ގައި ހަވާ އަރުވަނީ
adhaalath party
އިމްރާންގެ ދައުރުގައި ޕާޓީ ދޫކުރެއްވި އިލްމުވެރިންގެ ލިސްޓު އާންމުކޮށް، ޒިނާހު ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވައިފި
Iyaz
ޢަދާލަތު ޕާޓީން ޕީއެންސީއާއިއެކު ކޯލިޝަން ހެދީ މަޝްވަރާއާއި އަޣްލަބިއްޔަތުން: ޑރ. ޢިޔާޟް