Sunday, 1 November 2026
Ads by

އިޓްލޮސް މައްސަލައިގައި ރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރަން ރައީސުލްޖުމްހޫރިއްޔާ ހާއްސަ ކޮމިޝަނެއް އުފައްދަވައިފި

އިޓްލޮސް މައްސަލައިގައި ރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރަން ރައީސުލްޖުމްހޫރިއްޔާ ހާއްސަ ކޮމިޝަނެއް އުފައްދަވައިފި

ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދު ކަނޑުގެ އިން ކަނޑައެޅުމަށް މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާއްސަ ރިޔާސީ ކޮމިޝަނެއް މިއަދު އުފައްދަވައިފިއެވެ.

Ad Image
Ads by

މި ކޮމިޝަން އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުންނެވެ. މިފަދަ ކޮމިޝަނެއް އެކުލަވައިލައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް އިއުލާނުކުރައްވާފައެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، ”އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން“ ގެ ނަމުގައި މި ކޮމިޝަން އުފެއްދެވީ، އިޓްލޮސް މައްސަލަ ދިރާސާކުރި ބައިނަލްއަގުވާމީ ހަބީރުންގެ ރިޕޯޓުތަކުގައި، ރާއްޖޭގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ދިޔައީ ރާއްޖެއިން އަމަލުކުރި ގޮތުން ކަމަށް ލަފާދީފައިވާތީއެވެ. އަދި މިއީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑުގެ ވަސީލަތްތަކަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމަކަށް ވާތީ، އެކަމުގައި ފިޔަވަޅު އެޅުމުގެ ގޮތުންނެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނުގެ ރައީސަކަށް ހަމަޖައްސަވާފައިވަނީ އަލްއުސްތާޛު އަޙްމަދު ޝާކިރުއެވެ. ދެން ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

އަލްފާޟިލް ޢަބްދުލްޢަޒީޒް ޔޫސުފް

ޑރ. އާމިނަތު ޝާފިޔާ އާދަމް

ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު

ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓޑ) މުޙައްމަދު ޞާދިޤް

އަލްފާޟިލް އަޙްމަދު ޢަލީމަނިކު

އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތު

މި ކޮމިޝަނަށް މަތިކޮށްފައިވާ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އިޓްލޮސްއަށް މައްސަލަ ހުށަހެޅުމާ ހަމައިން ފެށިގެން އެ މައްސަލައަށް ރާއްޖެއިން ޖަވާބުދާރީވުމުގައި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި އަދި ބާރުތައް ލިބިގެންވީ ފަރާތްތަކުން އަމަލުކުރި ގޮތް ބަލައި ތަހުގީގުކުރުން ހިމެނެއެވެ. މީގެއިތުރުން، އެއްވެސް ފަރާތެއްގެ ގާނޫނީ އިހުމާލެއް އޮތްތޯ ބަލައި، އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ލަފާދިނުމާއި، މައްސަލައާ ގުޅޭ ލިޔެކިޔުންތައް ބަލަހައްޓާފައިވާ ގޮތް ދިރާސާކުރުން ވެސް ހިމެނެއެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަށް ކަންކަން އިންތިޒާމުކުރުމަށް ފެންނަ ގޮތްތައް ހުށަހެޅުން ވެސް ކޮމިޝަނުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2026/17 ގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ކޮމިޝަނަކީ އެ ކޮމިޝަނަށް މަތިކޮށްފައިވާ އެންމެހައި މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންދެން ދެމިއޮންނާނެ ކޮމިޝަނެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
plcs
މަސްތުވާތަކެތީގެ މައްސަލައެއްގައި ފުނަދޫއިން މީހަކު ހައްޔަރުކޮށްފި
Screenshot
އިޓްލޮސް މައްސަލައިގައި ރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރަން ރައީސުލްޖުމްހޫރިއްޔާ ހާއްސަ ކޮމިޝަނެއް އުފައްދަވައިފި
turf
އެފްއޭއެމް ޓާފް 1 ދަނޑުގެ ބާ ޓާފް ނަގައި، އާ ޓާފް އެޅުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށައިފި
roads
މާލެއާއި ކާޑެއްދޫ އާންމުނޫން މިންވަރަަކަށް ހޫނުގަދަވެއްޖެ
Ads by
މަގުބޫލު
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި