Sunday, 1 November 2026
Ads by

ރަސްމާލެ މަޝްރޫއާ ގުޅުވައި ޔޫއޭއީ އާއި ދީން ސިޔާސީ ކަންކަމުގެ ތެރެއަށް ނުވެއްދުމަށް ޔޫއޭއީގެ އެކްޓިވިސްޓަކު ގޮވާލައިފި

ރަސްމާލެ މަޝްރޫއާ ގުޅުވައި ޔޫއޭއީ އާއި ދީން ސިޔާސީ ކަންކަމުގެ ތެރެއަށް ނުވެއްދުމަށް ޔޫއޭއީގެ އެކްޓިވިސްޓަކު ގޮވާލައިފި

ރަސްމާލެ މަޝްރޫއާ ގުޅުވައިގެން ރާއްޖޭގެ އެތެރޭގެ ސިޔާސީ ޚިލާފުތަކުގެ ތެރެއަށް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާއި އިސްލާމްދީން ވައްދައި، ސިޔާސީ ބޭނުމަށް އެ މައުލޫމާތު ނުބައިކޮށް ނުފެތުރުމަށް ޔޫއޭއީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ ”ބޫ ޒައިދު“ ގޮވާލައިފިއެވެ.

Ad Image
Ads by

އޭނާ މިހެން ބުނެފައިވަނީ ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑޮކްޓަރ މުހައްމަދު ޖަމީލް އަހުމަދު، ރަސްމާލެ ތަރައްގީކުރުމަށް ހަވާލުކޮށްފައިވާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުހައްމަދު އަލާއްބާރަށް އަމާޒުކުރައްވައި ކުރެއްވި އެކްސް ޕޯސްޓަކަށް ރައްދު ދެމުންނެވެ. ޖަމީލްގެ ޕޯސްޓުގައި ރާއްޖެއަކީ ގަރުނުތަކެއް ވަންދެން އިސްލާމީ ގައުމެއްގެ ގޮތުގައި އޮތް ގައުމެއް ކަމަށާއި، ރާއްޖޭގެ އިސްލާމް ދީނާއި ސިއާދަތު ވިއްކާނުލެވޭނެ ކަމަށް ވިދާޅުވެ، އަލާއްބާރު 2022 ވަނަ އަހަރު އަބޫދާބީގައި ބޭއްވި ދީނީ ހަރަކާތެއްގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކުރައްވާފައިވެއެވެ.

މިކަމާ ގުޅިގެން ޔޫއޭއީގެ އެކްޓިވިސްޓް ބޫ ޒައިދު ބުނީ ސަރުކާރަށް އިދިކޮޅުވުމަކީ ކޮންމެ މީހަކަށްވެސް އޮތް ހައްގެއް ކަމަށާއި، ނަމަވެސް ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ޔޫއޭއީ ގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި 2022 ވަނަ އަހަރު އަބޫދާބީގައި ބޭއްވި ދީނީ ހަރަކާތެއްގެ ފޮޓޯ ބޭނުންކޮށްގެން އާންމުންގެ ހިޔާލު ނުބައި މަގަށް އަނބުރާލަން މަސައްކަތް ކުރުމަކީ ސިޔާސީ އެޖެންޑާއެއް ހާސިލުކުރަން ކުރާ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

އަދި ޔޫއޭއީއަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުން އަންނަ ގައުމެއްކަން ފާހަގަކުރަމުން ބޫ ޒައިދު ބުނީ، ސާބިއާގެ ބެލްގްރޭޑް ވޯޓަރފްރަންޓާއި، ބަހްރޭން މެރީނާ އަދި އުރުދުންގެ އަގަބާ ސަރާޔާ ފަދަ މަޝްރޫއުތަކަކީ ތަރައްގީގެ މަޝްރޫއުތައް ކަމަށެވެ. އެއިން އެއްވެސް މަޝްރޫއަކުން އެ ގައުމުތަކުގެ ދީނާއި ގައުމިއްޔަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

މި ބަހުސަށް ރައްދިން ސޯބާހް ރަޝީދު ކުރި ޕޯސްޓެއްގައި ބުނީ، ދިވެހިންގެ ޔޫއޭއީއާއި އެ ގައުމުގެ ރައްޔިތުންނާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އޮތީ ގާތް ގުޅުމެއް ކަމަށެވެ. ނަމަވެސް ޔޫއޭއީގެ ރައްޔިތަކު ރާއްޖެއަށް އައިސް ގާނޫނާ ހިލާފަށް ބިން ހޯދަން މަސައްކަތްކޮށް، ރިޝްވަތު ދިނުމުގެ ވާހަކަތައް ދައްކާނަމަ، އެފަދަ ކަންކަމާ ދެކޮޅަށް ތެދުވުމުގެ ހައްގު ދިވެހިންނަށް އޮންނާނެ ކަމަށް ސޯބާހް ބުނެފައިވެއެވެ.

ސޯބާހްގެ ވާހަކަތަކަށް ރައްދު ދެމުން ބޫ ޒައިދު ބުނީ ތުހުމަތުތަކެއް ކުރެވޭނަމަ އެކަމުގައި ގާނޫނީ އުސޫލުތަކުގެ ތެރެއިން ހެކި ހުށަހަޅަންޖެހޭނީ ކަމާބެހޭ އިދާރާތަކަށް ކަމަށެވެ. އަދި އެތެރޭގެ ސިޔާސީ މައްސަލަތަކުގެ ތެރެއަށް ޔޫއޭއީއާއި ދީން ވައްދައިގެން ވާހަކަ ދެއްކުމަކީ އިތުބާރު ގެއްލޭ ކަމެއް ކަމަށްވެސް އޭނާ ބުންޏެވެ.

ރަސްމާލެ މަޝްރޫއުގެ ތެރެއިން އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ބިން ދިނުމާ ގުޅިގެން ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކުންނާއި ބައެއް ދީނީ އިލްމުވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ މިއީ ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބި، ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ މަޝްރޫއެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދީނަށާއި، ގައުމިއްޔަތަށް އެއްވެސް ނުބައި އަސަރެއް ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ސަރުކާރުން ދެއްވައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-31T214441
އަމިއްލަ ތަންތަނުން އާސަންދަ ހޯދާ މަތީ އާމްދަނީ ލިބޭ މީހުންގެ އަތުން ކޯ-ޕޭމަންޓް ނަގަން ނިންމައިފި
muhtho
ރަސްމާލޭގެ ބިން ހުޅުމާލެއާ އަޅައިކިޔައިގެން އަގު ކަނޑައެޅުމަކީ އިގްތިސާދީ ގޯހެއް: މުއްތަލިބު
Nadheed 25
އެމްޑީޕީގެ އަސާސްތައް ދޫކޮށް މުޅިން އާ ފިކުރެއް އިސްކުރާތީ ނަޝީދުގެ ކަންބޮޑުވުމެއް
large_164198080532qMaZ
ހުޅުމާލޭގެ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި ފަސް މީހަކަށް އަނިޔާވެއްޖެ
Ads by
މަގުބޫލު
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި