Sunday, 1 November 2026
Ads by

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިޚާބުކުރުމުގެ ވޯޓުލުން ނިމިއްޖެ

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިޚާބުކުރުމުގެ ވޯޓުލުން ނިމިއްޖެ

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުލުން މިއަދު ހެނދުނު 10:00 އިން ފެށިގެން ކުރިއަށް ގެންގޮސް ނިންމާލައިފިއެވެ.

Ad Image
Ads by

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 807 ފަރާތަކަށް ލިބިގެންވާއިރު، އޭގެ ތެރޭގައި ހިމެނެނީ ކައުންސިލްތަކުގެ 625 ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 182 ރައީސުންނެވެ. ވޯޓުލުމުގެ ކަންކަން ހަވީރު 4:00 އާ ހަމައަށް ކުރިއަށްގެންދިޔައެވެ.

ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުން އެލްޖީއޭގެ ބޯޑަށް ތިން މެންބަރުން އިންތިޚާބުކުރަންޖެހެއެވެ. ނަމަވެސް، ސިޓީ ކައުންސިލްތަކަށް ޚާއްޞަ ގޮނޑިއަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އެކަނި ކުރިމަތިލައްވާފައިވާތީ، އޭނާ ވަނީ ވާދަވެރިކަމަކާ ނުލައި އެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައެވެ. މިއަދު ވޯޓުލުން ކުރިއަށްދަނީ ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން ހޮވާ މެންބަރު ކަނޑައެޅުމަށެވެ.

އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ މާލޭގައި ހުންނަ އެލްޖީއޭ އޮފީހުގެ އިތުރުން، އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކާއި ހުޅުދޫ އިޖުތިމާޢީ މަރުކަޒު ހިމެނޭހެން ޖުމްލަ 19 ވޯޓުފޮއްޓެއްގައެވެ. ވޯޓުފޮށިތަކުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެލްޖީއޭ އާއި އެކި މަރުކަޒުތަކުގެ މުވައްޒަފުންނެވެ.

ދެ މަޤާމަށް ވޯޓުލުމަށް ތަފާތު ދެ ކުލައެއްގެ ވޯޓު ކަރުދާސް ދޫކުރި ނަމަވެސް، ދެ ކަރުދާސް ވެސް ވައްޓާލަންޖެހެނީ އެއް ވޯޓުފޮއްޓަކަށެވެ. ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު ތަންދީފި ނަމަވެސް، ގަޑި ހަމަވާއިރު ކިޔޫގައި ތިބޭ މީހުންނަށް ވޯޓުލުމުގެ ފުރުޞަތު ދޭނެ ކަމަށް އެލްޖީއޭއިން ބުނެއެވެ.

ވޯޓުލުން ނިންމައި ފޮށިތައް ބަންދުކުރާތާ 30 މިނެޓު ތެރޭގައި ވޯޓު ގުނަން ފަށާނެއެވެ. މިއަދުގެ ވޯޓުލުމަށްފަހު ވަގުތީ ނަތީޖާ މިރޭ އިއުލާންކުރުމަށް ހަމަޖެހިފައިވާއިރު، ދާއިމީ ނަތީޖާ އިއުލާންކުރާނީ އަންނަ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

 

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
roads
މާލެއާއި ކާޑެއްދޫ އާންމުނޫން މިންވަރަަކަށް ހޫނުގަދަވެއްޖެ
download - 2026-10-31T214441
އަމިއްލަ ތަންތަނުން އާސަންދަ ހޯދާ މަތީ އާމްދަނީ ލިބޭ މީހުންގެ އަތުން ކޯ-ޕޭމަންޓް ނަގަން ނިންމައިފި
muhtho
ރަސްމާލޭގެ ބިން ހުޅުމާލެއާ އަޅައިކިޔައިގެން އަގު ކަނޑައެޅުމަކީ އިގްތިސާދީ ގޯހެއް: މުއްތަލިބު
Nadheed 25
އެމްޑީޕީގެ އަސާސްތައް ދޫކޮށް މުޅިން އާ ފިކުރެއް އިސްކުރާތީ ނަޝީދުގެ ކަންބޮޑުވުމެއް
Ads by
މަގުބޫލު
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި