Sunday, 1 November 2026

Ads by

ޣައްޒާ ނަސްލުހޭދު: 3 އަހަރުތެރޭ އިޒްރޭލުން ޤަތުލުކުރި އަދަދު 74,570 އަށް އަރައިފި

އިޒްރޭލުގެ ޙަމަލާތަކުގައި ޝަހީދުކޮށްލެވުނު ފަލަސްޠީނު މުސްލިމުންހޢ ޖަނާޒާގެ ތެރެއިން. 2025 ސެޕްޓެމްބަރު 4 ގައި ޣައްޒާ ސިޓީގެ އަލްޝިފާ ހޮސްޕިޓަލުގައި. [ފޮޓޯ: ދާވޫދު އަބޫ އަލްކާސް/ރޮއިޓާސް]

2023 އޮކްޓޯބަރު 7 އިން ފެށިގެން އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލުހޭދުގައި ޝަހީދުކޮށްލެވުނު ފަލަސްޠީނު ރައްޔިތުންގެ އަދަދު 74,570 އަށް އަރާފައިވާ ކަމަށާއި، 2025 އޮކްޓޯބަރުގައި ޢަމަލުކުރަން ފެށި ’ސުލްޙައިގެ އެއްބަސްވުމަށް‘ ފަހުވެސް އިޒްރޭލު ސިފައިން 1,574 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ޣައްޒާގެ ސިއްޙީ އިދާރާތަކުން ނެރުނު ދުވަހީ ރިޕޯޓުގައިވާ ގޮތުން، 2025 އޮކްޓޯބަރު މަހު ސުލްޙައިގެ އެއްބަސްވުމެއް ޤާއިމުކުރެވުނު ނަމަވެސް، އިޒްރޭލު ސިފައިން ’ރީނދޫ ރޮނގު‘ ކައިރީގައާއި ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ދެމުންދާ ޙަމަލާތަކުގައި 1,574 މީހުން ވަނީ ޝަހީދުވެފައެވެ. އަދި މި މުއްދަތުގައި 5,687 މީހުން ޒަޚަމްވެފައިވެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިޒްރޭލުން ދިން ޙަމަލާތަކުގައި 6 މީހުން ޝަހީދުވެ، 38 މީހުން ވަނީ ޒަޚަމްވެގެން ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ. މިއާއެކު ހަނގުރާމަ ފެށުނީއްސުރެ ޒަޚަމްވި މީހުންގެ ޖުމްލަ އަދަދު ވަނީ 175,808 އަށް އަރާފައެވެ.

ސުލްޙައިގެ އެއްބަސްވުމަށްފަހު، ސިވިލް ޑިފެންސް ޓީމުތަކުން ވަނީ ހަލާކުވެފައިވާ އިމާރާތްތަކުގެ ބިމާ ހަމަވެފައިވާ ކޮންކްރީޓް ގާތަކުގެ ދަށުން 845 މީހެއްގެ ހަށިގަނޑު ނެރެފައެވެ. އަދިވެސް އެތައް ހާސް ބައެއްގެ ހަށިގަނޑު ގާތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށާއި، އިޒްރޭލު އިސްތިއުމާރީ ޙަރަކާތްތަކުގެ ސަބަބުން އެ ސަރަޙައްދުތަކަށް ވާސިލުވުމަށް ބޮޑެތި ހުރަސްތަކެއް ހުރިކަމަށް ސިވިލް ޑިފެންސްއިން ބުނެއެވެ.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް