Sunday, 1 November 2026
Ads by

އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި

އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި

ކުރީގެ ރައީސް ނަޝީދު ---

އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދު އަނެއްކާވެސް ފުރައްސާރަކޮށްފިއެވެ.

Ad Image
Ads by

އިސްލާމީ މަތިވެރި ޝިއާރެއް ކަމަށްވާ ނިޤާބު (މޫނުބުރުގާ) އަށް ޖޯކުޖައްސަވައި، ސޯޝަލް މީޑިއާ އެކްސްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާންމުކުރެއްވި ޕޯސްޓަކާ ގުޅިގެން އާންމުންގެ ބޮޑު ނުރުހުމަކާއި ފާޑުކިޔުމެއް އަނެއްކާވެސް އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ. މި ޕޯސްޓުގައި #NoToJaariyaaBill ގެ ނަމުގައި ހޭޝްޓެގް ބޭނުންކުރައްވައި، މޫނުބުރުގާ އަޅައިގެން ހުރި އަންހެނެއްގެ ފޮޓޯއާއެކު ދީނީ ފަރުޟުތަކާއި ސުންނަތްތަކަށް ހުތުރުނަން ދިނުމުގެ ގޮތުން ”ޖާރިޔާ“ ނުވަތަ އަޅު އަންހެނުންގެ ސިފަޖައްސައި ފުރައްސާރަކޮށްފައިވާ ކަމަށް އާންމުންނާއި ދީނީ އިލްމުވެރިން ދަނީ ބުނަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައި ނަޝީދު ހުންނެވި ދުވަސްވަރު، އެމަނިކުފާނުގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު ކެނެރީ އަޙްމަދު ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި (ލިވާތުކުރި) މައްސަލައިގައި ހައްޔަރުކުރުމުން، ދީނީ އަދި އިޖުތިމާއީ އަޚުލާޤީ މިންގަނޑުތަކަށް ބެލުމެއްނެތި، ކޮއްކޯފުޅުގެ ދިފާއުގައި ފާޅުގައި ވާހަކަދައްކަވާފައިވެއެވެ. އެގޮތުން އެއީ ސިޔާސީ ގޮތުން ކުރެވުނު ކަމެއްގެ ގޮތުގައި ސިފަކުރައްވައި، އިސްލާމީ ޝަރީޢަތުގައި ހަރާމްކުރައްވާފައިވާ ބޮޑު ފާފައަކަށް އަރައިގަތް މީހަކު ހިމާޔަތްކުރެއްވުމަށް މަޖިލީހުގެ ތެރޭގައާއި އެކި މަންސަތަކުގައި އަޑުއުފުއްލެވިއެވެ.

ދިވެހިރައްޔިތުން މާޒީގައި ނަޝީދުގެ ވެރިކަން ނިމުމަކަށް އަންނަންދެން ”ނޫނެކޭ“ ބުނެ، އެމަނިކުފާނު ވެރިކަމުން ބޭރުކޮށްލި އިސް ސަބަބަކީވެސް އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ނަޝީދު ކުރެއްވި ހުރިހާ ފުރައްސާރައާއި، އިސްލާމީ އުސޫލުތަކާ ޚިލާފަށް ގެންގުޅުއްވި ލާދީނީ ފަލްސަފާއެވެ. ސިޔާސީ މަންފާއަށްޓަކައި ދީނީ އަސާސްތަކަށް ގޮންޖެހުމާއި، ދީނީ އިލްމުވެރިންނަށް ހައްޤު ނޫން ގޮތްގޮތަށް ފާޑުކިޔުން ބަލައިނުގަނެވޭނެކަން ދިވެހި ރައްޔިތުން ވަނީ ސާބިތުކޮށްދީފައެވެ.

ނަމަވެސް، މިއަދުގެ ޒުވާން ޖީލުގެ ގިނަ ކުދިންނަށް ނަޝީދުގެ މާޒީގައި ހުރި މިފަދަ ލާދީނީ ފަލްސަފާތަކާއި، އިސްލާމްދީނާ ދެކޮޅަށް ކުރައްވާފައިވާ ކަންކަމުގެ ހަޤީޤަތް އެނގިފައިނުވެއެވެ. ނަތީޖާއެއްގެ ގޮތުން، ސޯޝަލް މީޑިއާގައި އިސްލާމީ މަތިވެރި ޝިއާރުތަކަށް ފުރައްސާރަކޮށް ކުރައްވާ ޕޯސްޓުތަކުގެ އަނދިރި މަޤްޞަދު ނޭނގި، އަނެއްކާވެސް އެފަދަ ފިކުރުތަކުގެ މަޅީގައި ޒުވާނުން ޖެހެމުންދާ ކަމުގެ ކަންބޮޑުވުން ދީނީ އިލްމުވެރިންނާއި މުޖުތަމައުގެ ބޮޑުން ދަނީ ފާޅުކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-31T214441
އަމިއްލަ ތަންތަނުން އާސަންދަ ހޯދާ މަތީ އާމްދަނީ ލިބޭ މީހުންގެ އަތުން ކޯ-ޕޭމަންޓް ނަގަން ނިންމައިފި
muhtho
ރަސްމާލޭގެ ބިން ހުޅުމާލެއާ އަޅައިކިޔައިގެން އަގު ކަނޑައެޅުމަކީ އިގްތިސާދީ ގޯހެއް: މުއްތަލިބު
Nadheed 25
އެމްޑީޕީގެ އަސާސްތައް ދޫކޮށް މުޅިން އާ ފިކުރެއް އިސްކުރާތީ ނަޝީދުގެ ކަންބޮޑުވުމެއް
large_164198080532qMaZ
ހުޅުމާލޭގެ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި ފަސް މީހަކަށް އަނިޔާވެއްޖެ
Ads by
މަގުބޫލު
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި