Sunday, 1 November 2026
Ads by

ޣައްޒާގެ ކޭމްޕުތަކަށް އިޒްރޭލުން ދެމުންދާ ޓެރަރިސްޓު ޙަމަލާތައް ވަރުގަދަކޮށް ފަލަސްތީނު މީހަކު ޝަހީދުކޮށްލައިފި

ޣައްޒާގެ ކޭމްޕުތަކަށް އިޒްރޭލުން ދެމުންދާ ޓެރަރިސްޓު ޙަމަލާތައް ވަރުގަދަކޮށް ފަލަސްތީނު މީހަކު ޝަހީދުކޮށްލައިފި

އުތުރު ޣައްޒާގެ ޖަބާލިއާ ފަލަސްޠީނު ރެފިއުޖީ ކޭމްޕުގައި ހެޔޮއެދޭ ފަރާތަކުން ހިންގާ ބަދިގެއަކުން ކާބޯތަކެތި ހޯދުމަށް ކިއޫގައި ތިބެފައި، އިޒްރޭލުގެ ޑްރޯން ޙަމަލާއަކުން ރައްކާތެރިވުމަށް މީހުން ނިވާވާ މަންޒަރު. [އޭ.އެފް.ޕީ]

ޣައްޒާގެ އުތުރުގައި އިސްތިއުމާރީ ހަރުކަށި ފިކުރު ޔަހޫދީ ދައުލަތް، އިޒްރޭލުން ކަނޑައަޅާފައިވާ ’ރީނދޫ ރޮނގު‘ (ޔެލޯ އޭރިއާ) ކައިރީގައި ތިބި ހައްދުފަހަނައެޅި އިޒްރޭލު ސިފައިން، ޖަބާލިއާގެ އިރުމަތީގައިވާ ހަލާވާ ކޭމްޕްގައި ޖަހާފައިވާ ޓެންޓުތަކަށް ސީދާ ހަމަލާދީ ފަލަސްތީނުގެ މީހަކު ޝަހީދުކޮށްލައިފިއެވެ.

Ad Image
Ads by

އަލްޖަޒީރާގެ އަޝްރަފް އަބޫ ޢަމްރާ ރިޕޯޓުކުރި ގޮތުގައި، ޖަބާލިއާގެ އިރުމަތީގައިވާ ’ރީނދޫ ރޮނގު‘ އިމުގައި ތިބި އިޒްރޭލު ޓެރަރިސްޓު އަސްކަރިއްޔާގެ ސިފައިން ވަނީ ގެދޮރުން ނެރެލާފައިވާ ފަލަސްޠީނު އާއިލާތައް ދިރިއުޅެމުންދާ ހަލާވާ ކޭމްޕްގެ ޓެންޓުތަކަށް ސީދާ ބަޑީގެ ހަމަލާތައް ދީފައެވެ. މިއީ ޣައްޒާގެ އުތުރުގައި ގެދޮރުގެއްލިފައިވާ މީހުން އެންމެ ގިނައިން ތިބި އެއް ކޭމްޕެވެ. މި ޙަމަލާގައި ފަލަސްތީނުގެ މީހަކު ޝަހީދުވެ، އިތުރު މީހުންނަށް ވަނީ އަނިޔާވެފައެވެ.

މީގެ އިތުރުން، ޣައްޒާ ސިޓީގެ ސަފްތާވީ ސަރަޙައްދުގައި ހުރި އާންމުންގެ ދިރިއުޅޭ ގެއަކަށް އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން ވަނީ އިންޒާރު ދިނުމަށްފަހު ވައިގެ ޙަމަލާއެއް ދީ، އެ ގެ ބިމާހަމަކޮށްލާފައެވެ.

އިޒްރޭލުން ކަނޑައަޅާފައިވާ ރީނދޫ ރޮނގުގެ އިމުގައި ހުރި ކޭމްޕްތަކަށް ދެމުންދާ ޙަމަލާތައް ވަރުގަދަވަމުންދާއިރު، އާންމުންނަށް ރައްކާތެރިކަން ލިބޭނެ އެއްވެސް ސަރަޙައްދެއް އުތުރު ޣައްޒާގައި ނެތްކަން މީޑިއާ ރިޕޯޓުތަކުން ހާމަވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
roads
މާލެއާއި ކާޑެއްދޫ އާންމުނޫން މިންވަރަަކަށް ހޫނުގަދަވެއްޖެ
download - 2026-10-31T214441
އަމިއްލަ ތަންތަނުން އާސަންދަ ހޯދާ މަތީ އާމްދަނީ ލިބޭ މީހުންގެ އަތުން ކޯ-ޕޭމަންޓް ނަގަން ނިންމައިފި
muhtho
ރަސްމާލޭގެ ބިން ހުޅުމާލެއާ އަޅައިކިޔައިގެން އަގު ކަނޑައެޅުމަކީ އިގްތިސާދީ ގޯހެއް: މުއްތަލިބު
Nadheed 25
އެމްޑީޕީގެ އަސާސްތައް ދޫކޮށް މުޅިން އާ ފިކުރެއް އިސްކުރާތީ ނަޝީދުގެ ކަންބޮޑުވުމެއް
Ads by
މަގުބޫލު
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި