Sunday, 1 November 2026
Ads by

ހޮރްމޫޒް 7 ދުވަހުން ހުޅުވާލުމުގެ ޕްލޭނަށް އީރާނުން ބާރުއަޅަނީ، ސުލްޙައިގެ މަޝްވަރާތައް ޓްރަމްޕް ދޮގުކޮށްފި

ހޮރްމޫޒް 7 ދުވަހުން ހުޅުވާލުމުގެ ޕްލޭނަށް އީރާނުން ބާރުއަޅަނީ، ސުލްޙައިގެ މަޝްވަރާތައް ޓްރަމްޕް ދޮގުކޮށްފި

ޑޮނަލްޑް ޓްރަމްޕު؛ މުޖުތަބާ ޚާމަނާއީ. (ކްރެޑިޓް: ވެލެރީ ޕްލެޝް/ބްލޫމްބަރގް މެދުވެރިކޮށް ގެޓީ އިމޭޖަސް؛ ރިޒާ ބީ މިޑްލް އީސްޓް އިމޭޖަސް/އޭ.އެފް.ޕީ މެދުވެރިކޮށް ގެޓީ އިމޭޖަސޑން)

ހޮރްމޫޒް ކަނޑުއޮޅި 7 ދުވަހުގެ ތެރޭގައި ހުޅުވާލުމަށް އީރާނުން ހުށަހަޅާފައިވާ ޕްރޮޕޯޒަލްއާ ގުޅޭގޮތުން މެދުވެރިން މެދުވެރިކޮށް މަޝްވަރާތައް ކުރިއަށްދާކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ބުނެފިއެވެ.

Ad Image
Ads by

އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ބުނި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނުން ހުށަހެޅި ޕްލޭން ތަންފީޛުކުރުމަށްޓަކައި ޤަޠަރާއި އޮމާން ފަދަ މެދުވެރިންނާއެކު ދަނީ މުވާޞަލާތު ކުރެވެމުންނެވެ. އީރާނުގެ ސެކިއުރިޓީ މަސްދަރުތަކުން މައުލޫމާތު ދޭޭގޮތުގައި، މައިގަނޑު މައްސަލައަކީ ދުވަސްތަކުގެ ޢަދަދެއް ނޫނެވެ. ނަމަވެސް އީރާނުން ހުށަހަޅާފައިވާ 7 ޝަރުޠު އެމެރިކާއިން ގަބޫލުކުރުމެވެ.

އެހެންނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނައިބު ރައީސް ޖޭޑީ ވޭންސް އަށް އީރާނާއެކު ސުލްޙައިގެ މަޝްވަރާތައް ފެށުމަށް އަމުރުކުރިކަމަށް ފެތުރޭ ޚަބަރުތައް ދޮގުކޮށްފައެވެ. ޓްރަމްޕް ބުނީ އީރާނާއެކު ދެކެވުނު ވާހަކަތަކަކީ ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދެކެވުނު ވާހަކަތަކެއް ކަމަށެވެ.

އީރާނުގެ ސުޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީ ވަނީ، ހަނގުރާމަ ނިންމުމަށް އީރާނުން ހުށަހަޅާފައިވާ ޝަރުޠުތަކަށް އެއްވެސް ދުލެއް ނުދޭނެކަމުގެ އިޝާރާތެއް ދީފައެވެ. އަދި ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް ދެމެހެއްޓުމަށާއި ’އެކްސިސް އޮފް ރެސިސްޓެންސް‘ ގެ މަޞްލަޙަތު ރައްކާތެރިކުރުމަށް ސެކިއުރިޓީ ޗީފް މުޙްސިން ރެޟާއީއަށް އޭނާ އިރުޝާދު ދިނެވެ. އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ވަނީ ސަރުކާރުން މި އިރުޝާދުތަކަށް ތަބާވާނެކަމަށް ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
roads
މާލެއާއި ކާޑެއްދޫ އާންމުނޫން މިންވަރަަކަށް ހޫނުގަދަވެއްޖެ
download - 2026-10-31T214441
އަމިއްލަ ތަންތަނުން އާސަންދަ ހޯދާ މަތީ އާމްދަނީ ލިބޭ މީހުންގެ އަތުން ކޯ-ޕޭމަންޓް ނަގަން ނިންމައިފި
muhtho
ރަސްމާލޭގެ ބިން ހުޅުމާލެއާ އަޅައިކިޔައިގެން އަގު ކަނޑައެޅުމަކީ އިގްތިސާދީ ގޯހެއް: މުއްތަލިބު
Nadheed 25
އެމްޑީޕީގެ އަސާސްތައް ދޫކޮށް މުޅިން އާ ފިކުރެއް އިސްކުރާތީ ނަޝީދުގެ ކަންބޮޑުވުމެއް
Ads by
މަގުބޫލު
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި