އިންޑިއާގެ ޓްރިވެންޑްރަމްގައި ބޭސްފަރުވާއަށް ހުރި ރ. މީދޫ، އަތަމާގެ، އަލީ އިބްރާހިމް މިއަދު ފަތިހު ކަސްރަތަށް ނުކުތް ގޮތަށް ޚަބަރެއް ނުވެ ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އާއިލާއިން ފަށައިފިއެވެ.
އާއިލާއިން މައުލޫމާތު ދިން ގޮތުގައި، އުމުރުން ދުވަސްވީ އެ މީހާ ހިނގާލަން ގެއިން ބޭރަށް ނުކުމެފައިވަނީ މިއަދު ފަތިހު 5:30 އެހާކަންހާއިރުއެވެ.
ނަމަވެސް، އާންމުކޮށް އެނބުރި އަންނަ ގަޑި ފަހަނައަޅައި ދިޔައިރުވެސް ޚަބަރެއް ނުވުމުން، ހެނދުނު 9:00 އިން ފެށިގެން އާއިލާއިން ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އަލީ ގެއްލުނުއިރު ލައިގެން ހުރީ ދަނބުކުލައިގެ ޓީޝާޓަކާއި މަޑު ނޫކުލައިގެ މުންޑެކެވެ.
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް 9129561 އަށް ގުޅައި އެކަން ހިއްސާކޮށްދިނުމަށް އާއިލާއިން އެދެއެވެ.













