ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިމެނޭ 11 ރަށެއްގެ މަގު ހެދުމުގެ މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓާއި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.
މި އެއްބަސްވުންތަކުގެ ދަށުން މަގުހެދުމުގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ރަށްތަކާއި، އެ ރަށްރަށުގައި ކުރިއަށްދާނެ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލަކީ:
އއ. ފެރިދޫ: 2.1 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުން، ފެންހިންދާ ނިޒާމު ޤާއިމުކުރުން އަދި މަގުބައްތި ހަރުކުރުން.
ނ. މަގޫދޫ: 2.11 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުން، ފެންހިންދާ ނިޒާމު ޤާއިމުކުރުން އަދި މަގުބައްތި ހަރުކުރުން.
ރ. އިންނަމާދޫ: 2.6 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުން، ފެންހިންދާ ނިޒާމު ޤާއިމުކުރުން އަދި މަގުބައްތި ހަރުކުރުން.
ރ. ރަސްގެތީމު: 2.1 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުން، ފެންހިންދާ ނިޒާމު ޤާއިމުކުރުން އަދި މަގުބައްތި ހަރުކުރުން.
ށ. ބިލެތްފަހި: 2.4 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުން، ފެންހިންދާ ނިޒާމު ޤާއިމުކުރުން އަދި މަގުބައްތި ހަރުކުރުން.
ށ. މާއުނގޫދޫ (މަގޫދޫ): 3.2 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުން، ފެންހިންދާ ނިޒާމު ޤާއިމުކުރުން އަދި މަގުބައްތި ހަރުކުރުން.
އއ. މަތިވެރި: 2.3 ކިލޯމީޓަރުގެ މަގު ވެލިމަގުގެ ގޮތުގައި ހެދުން، ފެންހިންދާ ނިޒާމު ޤާއިމުކުރުން އަދި މަގުބައްތި ހަރުކުރުން.
ބ. ދަރަވަންދޫ: 2.55 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުން، ފެންހިންދާ ނިޒާމު ޤާއިމުކުރުން އަދި މަގުބައްތި ހަރުކުރުން.
ބ. ކެންދޫ: 2.4 ކިލޯމީޓަރުގެ މަގު ވެލިމަގުގެ ގޮތުގައި ހެދުން، ފެންހިންދާ ނިޒާމު ޤާއިމުކުރުން އަދި މަގުބައްތި ހަރުކުރުން.
ފ. ފީއަލި: 2.46 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުން، ފެންހިންދާ ނިޒާމު ޤާއިމުކުރުން އަދި މަގުބައްތި ހަރުކުރުން.
ކ. ދިއްފުށި: 2.3 ކިލޯމީޓަރުގެ މަގު (ވެލިމަގު / ތާރުމަގު) ހެދުން، ފެންހިންދާ ނިޒާމު ޤާއިމުކުރުން އަދި މަގުބައްތި ހަރުކުރުން.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވައިގެން ފަށްޓަވާފައިވާ މި މަޝްރޫޢުތަކުގެ މައިގަނޑު ބޭނުމަކީ ރަށްރަށުގެ ދަތުރުފަތުރާއި އާންމު ދިރިއުޅުމަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދީ، ވިއްސާރަ މޫސުމުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމެވެ. އަދި މި މަޝްރޫޢުތަކުގެ ސަބަބުން މި ރަށްރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.














