Sunday, 1 November 2026
Ads by

ހިންގުމުގެ ހަރުދަނާ ފިޔަވަޅުތަކާއެކު، އެސްޓީއޯއިން ތިންވަނަ ކުއާޓަރުގައި ކާމިޔާބު ނަތީޖާއެއް!

ހިންގުމުގެ ހަރުދަނާ ފިޔަވަޅުތަކާއެކު، އެސްޓީއޯއިން ތިންވަނަ ކުއާޓަރުގައި ކާމިޔާބު ނަތީޖާއެއް!

ރާއްޖޭގެ މައި ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން، އެ ކުންފުންޏަށް ލިބުނު ސާފު ފައިދާ ކުރީ ކުއާޓަރާ އަޅާބަލާއިރު އިތުރުވެއްޖެއެވެ. އެސްޓީއޯގެ މި ހިސާބުތައް އެ ކުންފުނީގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކޮށްފައިވަނީ 29 އޮކްޓޫބަރު 2026 ގައެވެ.

Ad Image
Ads by

ޝާއިޢުކުރި މާލީ ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 6.48 ބިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 7 އިންސައްތައިގެ ދަށްވުމެކެވެ. ކުންފުނީގެ ޖުމްލަ އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އައި ބަދަލުތަކާ ގުޅިގެން މި ކުއާޓަރުގައި ތެލުގެ އަގު ދަށްވުމެވެ. ނަމަވެސް، ތެލުގެ އަގު ދަށްވި ނަމަވެސް، ވިކުނު ތެލުގެ އަދަދު ކުރީ ކުއާޓަރަށްވުރެ އިތުރުވެފައިވާ ކަމަށް އެސްޓީއޯއިން ފާހަގަކުރެއެވެ. މީގެއިތުރުން، ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެ، ޖުމްލަ ފައިދާގެ ގޮތުގައި 738 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މި ކުއާޓަރުގައި އެސްޓީއޯގެ ހިންގުމުގެ ފައިދާ ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް މައްޗަށް ގޮސްފައެވެ. އެގޮތުން ހިންގުމުގެ ފައިދާގެ ގޮތުގައި 400 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 23 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ކުންފުނީގެ މެޑިކަލް ސެގްމަންޓް ރީސްޓްރަކްޗަރ ކުރުމާ ގުޅިގެން ހަރަދުތައް ކުޑަކުރެވި، ޖުމްލަކޮށް ކުންފުނީގެ އެހެނިހެން ހަރަދުތައްވެސް ހިފެހެއްޓިފައިވުމެވެ.

ޖުމްލަ ފައިދާ ދަށްވި ނަމަވެސް، އިދާރީ ހިންގުމުގެ ހަރަދުތައް ކުޑަކުރެވުމުގެ ނަތީޖާއެއްގެ ގޮތުން، ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް 352 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 5 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ކުންފުންޏަށް ލިބިފައިވަނީ 281 މިލިއަން ރުފިޔާއެވެ.

މާލީ ހިސާބުތަކާއެކު އެސްޓީއޯއިން ނެރުނު ބަޔާނުގައި، އެ ކުންފުނީގެ ވިޔަފާރީގެ އެންމެހާ ބައިވެރިން ބަހައްޓަވާ ގާތްކަމަށާއި، ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި އެފަރާތްތަކަށް ވަނީ ނިހާޔަތަށް ޝުކުރު އަދާކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-31T214441
އަމިއްލަ ތަންތަނުން އާސަންދަ ހޯދާ މަތީ އާމްދަނީ ލިބޭ މީހުންގެ އަތުން ކޯ-ޕޭމަންޓް ނަގަން ނިންމައިފި
muhtho
ރަސްމާލޭގެ ބިން ހުޅުމާލެއާ އަޅައިކިޔައިގެން އަގު ކަނޑައެޅުމަކީ އިގްތިސާދީ ގޯހެއް: މުއްތަލިބު
Nadheed 25
އެމްޑީޕީގެ އަސާސްތައް ދޫކޮށް މުޅިން އާ ފިކުރެއް އިސްކުރާތީ ނަޝީދުގެ ކަންބޮޑުވުމެއް
large_164198080532qMaZ
ހުޅުމާލޭގެ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި ފަސް މީހަކަށް އަނިޔާވެއްޖެ
Ads by
މަގުބޫލު
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި