Sunday, 1 November 2026
Ads by

ކެންސަރު ބަލީގެ ޚާއްޞަ ސެންޓަރު ޤާއިމްކުރަން ބަޔަކާއި ހަވާލުކޮށްފި

ކެންސަރު ބަލީގެ ޚާއްޞަ ސެންޓަރު ޤާއިމްކުރަން ބަޔަކާއި ހަވާލުކޮށްފި

ރާއްޖޭގައި މިވަގުތު ކެންސަރު ބައްޔަށް ނުދެވޭ ހަމައެކަނި ފަރުވާ ކަމުގައިވާ ރޭޑިއޭޝަން ތެރަޕީއަށް ޚާއްޞަ ޗެމްބަރަކާއެކު، ކެންސަރު ބަލީގެ ޚާއްޞަ ސެންޓަރެއް ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފިއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ކުންފުންޏަކާއި އިންޑިއާގެ ކުންފުންޏެއް ގުޅިގެންނެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ކެންސަރު ބަލި ދެނެގަނެ ފަރުވާދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ޤާއިމުކުރާ މި ސެންޓަރުގެ އެއްބަސްވުމުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމެވެ. އަދި މަސައްކަތް ހަވާލުކުރި ކޮންޓޮމް ހައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އެންޑް ޑިރެކްޓަރ ޗިންޓަން ސޯނީއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ އާއި އެ ވުޒާރާގެ އިސްވެރިންގެ އިތުރުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ރާއްޖޭގައި ކެންސަރު ބައްޔަށް ދެވޭ ޚާއްޞަ ފަރުވާތައް އިތުރަށް ހަރުދަނާކުރެވި، ފަރުވާއަށް ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު މަދުކުރެވޭނެ ކަމަށެވެ. އަދި މިއީ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސީއީއޯ އިތުރަށް ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް އިޢުލާންކުރެއްވި މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ސަރުކާރުގެ ސިއްޙީ ސިޔާސަތުގެ ދަށުން ޚާއްޞަ ބަލިތަކަށް ފަރުވާދޭ ޒަމާނީ ވަސީލަތްތައް ރާއްޖޭގައި އިތުރުކޮށް، އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ޚިދުމަތް ދިނުމުގެ ޤާބިލުކަން އިތުރުކުރުމާއި އިންސާނީ ވަސީލަތް ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ ބައެއް ހޮސްޕިޓަލްތަކުން މިހާރުވެސް ކެންސަރުގެ ބައެއް ފަރުވާތަކާއި ކީމޯތެރަޕީގެ ފަރުވާ ދެމުންދިޔަ ނަމަވެސް، ރޭޑިއޭޝަން ތެރަޕީ، ނިއުކްލިއަރ މެޑިސިން އަދި ޕެޓް-ސީޓީ ފަދަ މުހިންމު ފަރުވާތައް ސަރުކާރުގެ ހޮސްޕިޓަލްތަކުގައި އަދި ނެތް،“ ސީއީއޯ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ކެންސަރަށް ފަރުވާ ހޯދާ ފަރާތްތަކަށް އައު އުންމީދެއް ލިބި، އެކަށޭނަ ފަރުވާ ރާއްޖޭގައި ތިބެގެން ލިބިގެންދާނެއެވެ. ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހުމަކީ ޢާއިލާތަކަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވާ ކަމަކަށް ވާއިރު، މި ސެންޓަރާއެކު އާއިލާ ކައިރީގައި ތިބެގެން، ބަލި އަވަހަށް ދެނެގަތުމާއި، ކްލިނިކަލް މޮނިޓަރިންގ އަދި ފަރުވާގެ ޚިދުމަތް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެއެވެ.

ޒަމާނީ ފެންވަރަށް ފަރުމާކުރެވޭ މި ސެންޓަރުގައި ކެންސަރު ބަލި ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް އިމަރޖެންސީ އަދި ކްރިޓިކަލް ޙާލަތްތަކުގައި ފަރުވާ ދެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެއެވެ. މީގެ އިތުރުން އެޑްމިޓްކޮށްގެން ފަރުވާދޭ ވޯޑުތަކާއި، ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ތިއޭޓަރުތަކާއި، ކީމޯތެރަޕީ ދޭ ޑޭ-ކެއަރ ޔުނިޓްތައްވެސް މި ސެންޓަރުގައި ޤާއިމުކުރާނެއެވެ. ހަމައެއާއެކު، އެންމެ ފަހުގެ 3D-CRT، IMRT އަދި IGRT ޓެކްނޮލޮޖީގެ އެހީގައި ރޭޑިއޭޝަން ތެރަޕީ ދެވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެއެވެ.

މި މަރުކަޒުން ޒަމާނީ ޑައިގްނޮސްޓިކް ޚިދުމަތްތައް ކަމަށްވާ ސީޓީ ސިމިއުލޭޝަން، ޕެތޮލޮޖީ އަދި އެހެނިހެން ޓެސްޓުތަކުގެ އިތުރުން، ބަލިމީހުންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަމާއި ސަޕޯޓިވް ކެއަރގެ ޚިދުމަތްތައްވެސް ފޯރުކޮށްދޭނެއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އަމާޒަކީ އެކި މަރުޙަލާތަކަކަށް ބަހާލައިގެން، 2028 ވަނަ އަހަރާ ހަމައަށް މި ސެންޓަރުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމައި، ރައްޔިތުންނަށް ޚިދުމަތް ދޭން ފެށުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-31T214441
އަމިއްލަ ތަންތަނުން އާސަންދަ ހޯދާ މަތީ އާމްދަނީ ލިބޭ މީހުންގެ އަތުން ކޯ-ޕޭމަންޓް ނަގަން ނިންމައިފި
muhtho
ރަސްމާލޭގެ ބިން ހުޅުމާލެއާ އަޅައިކިޔައިގެން އަގު ކަނޑައެޅުމަކީ އިގްތިސާދީ ގޯހެއް: މުއްތަލިބު
Nadheed 25
އެމްޑީޕީގެ އަސާސްތައް ދޫކޮށް މުޅިން އާ ފިކުރެއް އިސްކުރާތީ ނަޝީދުގެ ކަންބޮޑުވުމެއް
large_164198080532qMaZ
ހުޅުމާލޭގެ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި ފަސް މީހަކަށް އަނިޔާވެއްޖެ
Ads by
މަގުބޫލު
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި