Ads by
ޚަބަރު
އިންތިހާބު ތޭވީސް: ޑރ.މުއިއްޒުގެ ރަނިން މޭޓު ސެންބެ ވޯޓު ލައްވައިފި
ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވޯޓު ލައްވަނީ

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިން މޭޓު އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވޯޓު ލައްވައިފިއެވެ.

Ads by Eki Online

ސެންބެ ވޯޓުލެއްވީ މާލޭގެ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. ސެންބެ ވަނީ ވޯޓުލާން ވީހާވެސް ހެނދުނާ ނިކުތުމަށް ހުރިހާ ރައްޔިތުންނަށްވެސް އިލްތިމާސް ކުރައްވާފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ން ފެށިގެން މިއަދު ހަވީރު 17:00 އާ ހަމައަށް ކުރިއަށްދާނެއެވެ. ވޯޓު ފޮށީގެ ކިޔޫގައި މީހަކު ނެތް ނަމަ 17:00 ގައި ފޮށި ބަންދުކުރުމަށް ފަހު، 30 މިނެޓު ފަހުން ވޯޓު ގުނަން ފަށާނެއެވެ.

ދެވަނަ ބުރުގައި 586 ވޯޓްފޮށި ބަހައްޓާ އިރު، ވޯޓު ލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެއެވެ. އެއީ، 138،394 އަންހެނުންނާއި 144،410 ފިރިހެނުންނެވެ. މިފަހަރު ލިސްޓަށް ވަނީ ފުރަތަމަ ބުރުގެ އަދަދަށް ވުރެ 408 މީހުން އިތުރު ވެފައެވެ. އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓްފޮށި ބަހައްޓަނީ 5 ގައުމެއްގައެވެ. އެއީ އިންޑިއާ އާއި ސްރީލަންކާ އާއި މެލޭޝިއާގެ އިތުރުން ޔޫއޭއީއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *