ކ. ތުލުސްދޫ ކައިރީގައި ދެ ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި 2 މީހުންނަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، މި ކަނޑުމަތީގެ ހާދިސާ ހިނގައިގެން އުޅޭކަމުގެ ރިޕޯޓު އެ މުއައްސަސާއަށް ލިބިފައިވަނީ މިރޭ 7:55 ހާއިރުއެވެ.
މި ހާދިސާގައި އެކްސިޑެންޓުވި އުޅަނދުތަކުގެ ތެރޭގައި ތުލުސްދޫގެ ”ތަރިކަ އެކްސްޕްރެސް“ ލޯންޗު ހިމެނޭކަން ވަނީ އެނގިފައެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެކްސިޑެންޓުވި ލޯންޗުގެ އެއްފަޅި ވަރަށް ބޮޑަށް ހަލާކުވެ، އަރިމަތީގެ ބިއްލޫރިގަނޑުތައް ވަނީ ތަޅައިގެން ގޮސްފައެވެ.













