މޯލްޑިވްސް އިމިގްރޭޝަންގެ ސީނިއާ މެނޭޖްމަންޓުން އެމެރިކާގެ އެމްބަސީއާއި އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް (އެޗްއެސްއައި) ގެ މަންދޫބުންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ 2026 އޮކްޓޫބަރު 27 ވަނަ ދުވަހުއެވެ.
މި ބައްދަލުވުމަށްފަހު، އެމެރިކާގެ ދޫފުޅުގެ މަންދޫބުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކުރައްވައި، އެއާޕޯޓުގައި މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްދާ އޮޕަރޭޝަންތައް ބައްލަވާލެއްވުމަށް ޚާއްޞަ ގައިޑެޑް ޓުއާއެއްގައި ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުމާއި ހަރަކާތްތަކަކީ ދެ ފަރާތުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ބޯޑަރު ސެކިއުރިޓީއާ ގުޅޭގޮތުން އޮޕަރޭޝަނަލް ތަޖުރިބާއާއި މައުލޫމާތު ބަދަލުކުރުމަށް ކުރިއަށްދިޔަ މުހިންމު ހަރަކާތެކެވެ.
މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ބައިނަލްއަގުވާމީ ފެންވަރުގައި ސެކިއުރިޓީ ގުޅުންތައް ވަރުގަދަވެގެންދާނެއެވެ.













