Ads by
ޚަބަރު
އިންތިހާބު ތޭވިސް: ދެވަނަ ބުރުގެ ވޯޓުލުން ފަށައިގެން ކުރިއަށް
ވޯޓުލާ މަރުކަޒެއްގައި ވޯޓުލުމަށް މީހަކު ހުއްޓިގެން

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ފަށައިފިއެވެ.

Ads by Eki Online

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ން ފެށިގެން މިއަދު ހަވީރު 17:00 އާ ހަމައަށް ކުރިއަށްދާނެއެވެ. ވޯޓު ފޮށީގެ ކިޔޫގައި މީހަކު ނެތް ނަމަ 17:00 ގައި ފޮށި ބަންދުކުރުމަށް ފަހު، 30 މިނެޓު ފަހުން ވޯޓު ގުނަން ފަށާނެއެވެ.

މާލެ ސަރަހައްދުގައި ބަހައްޓާފައިވާ ވޯޓުލާ މަރުކަޒުތަކުގައި ވަގުތަށް ވަނީ ވޯޓުލުން ފަށާފައެވެ. ވޯޓުލުން ފެށުމުގެ 30 މިނެޓްކުރި ވޯޓުލާ މަރުކަޒުތަކުގައި ވަނީ ކިޔު ހަދާފައެވެ.

ދެވަނަ ބުރުގައި 586 ވޯޓްފޮށި ބަހައްޓާ އިރު، ވޯޓު ލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެއެވެ. އެއީ، 138،394 އަންހެނުންނާއި 144،410 ފިރިހެނުންނެވެ. މިފަހަރު ލިސްޓަށް ވަނީ ފުރަތަމަ ބުރުގެ އަދަދަށް ވުރެ 408 މީހުން އިތުރު ވެފަ އެވެ. އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓްފޮށި ބަހައްޓަނީ 5 ގައުމެއްގައެވެ. އެއީ އިންޑިއާ އާއި ސްރީލަންކާ އާއި މެލޭޝިއާގެ އިތުރުން ޔޫއޭއީއެވެ.

އިންތިޚާބީ މަރުކަޒުތަކުގައި އަދި ވޯޓުލާ މަރުކަޒު ހުންނަ ސަރަހައްދުތަކުގައި އޮބްޒާވަރުންނާއި މޮނިޓަރުން ހަރަކާތްތެރިވާނެއެވެ.

މިފަހަރުގެ އިންތިޚާބުގައި މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ 1،700 އަށްވުރެ ގިނަ ފަރާތްތަކުން ހަރަކާތްތެރިވެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިހުއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *