2022 ވަނަ އަހަރުން ފެށިގެން އިސްތިއުމާރުކޮށްފައިވާ ފަލައެވެ ފަލަސްޠީނުގެ ވެސްޓު ބޭންކުގައި ހައްދު ފަހަނައެޅި އިޒްރޭލު ސިފައިންނާއި ހަރުކަށި ފިކުރު ޔަހޫދީ ވަޒަންވެރީން ދިން ޙަމަލާތަކުގައި މަރުވި އެމެރިކާގެ 9 ރައްޔިތުންގެ މަރުގެ އިންސާފު ހޯދައި، އެކަމަށް އިޒްރޭލު ޖަވާބުދާރީކުރުވުމަށް އެމެރިކާގެ ސެނެޓަރު ކްރިސް ވަން ހޮލެން އަލުން ގޮވާލައިފިއެވެ.
Israeli settlers & forces are driving even more Palestinians from their homes on the West Bank.
The U.S. must end its complicity in the injustice of the occupation and demand accountability for the 9 Americans killed.
Enough is enough. pic.twitter.com/MzWPcekcbb
— Senator Chris Van Hollen (@ChrisVanHollen) October 27, 2026
ސެނެޓަރު ވަން ހޮލެން ’އެކްސް‘ ގައި އާންމުކުރި ވީޑިއޯއެއްގައި މަރުވި 9 އެމެރިކާ ރައްޔިތުންގެ ނަންތައް ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި، އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ ޢާޤިލާ (51 އަހަރު)، ޢުމަރު އަސަދު (70 އަހަރު)، އެކްޓިވިސްޓު ޢާއިޝަނޫރު އޭގީ (26 އަހަރު)، ތައުފީޤު ޢަބްދުލްޖައްބާރު (17)، މުޙައްމަދު ޚަދޫރު (17)، އާމިރު ރަބީޢު (14)، ސައިފް މުސައްލިތު (20)، ޚާމިސް ޢައްޔާޟް (40) އަދި ނަޞްރުއްﷲ އަބޫ ޞިޔާމް (19)، ހިމެނެއެވެ.
މި މަރުތަކާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން 30 ދުވަހުގެ ތެރޭގައި ކޮންގްރެސްއަށް ޚާއްޞަ ރިޕޯޓެއް ހުށަހެޅުމަށް މަޖުބޫރުކުރާ ޤަރާރެއް ވޭތުވެދިޔަ މަހު އެމެރިކާގެ ސެނެޓުން ވަނީ ބޭރުކޮށްލާފައެވެ. ސެނެޓަރު ވަން ހޮލެން ވަނީ އެމެރިކާގެ ރައްޔިތުން މަރާއިރުވެސް އިޒްރޭލު ޖަވާބުދާރީނުކުރުވާތީ އެކަމަށް ފާޑުކިޔާފައެވެ.














