އުރުދުންގެ އަލް-ކަރަކްގައި ހުންނަ އަޅުކަންކުރާ ތަނަކަށް ދިން ބަޑީގެ ޙަމަލާއަށް ރައްދުދިނުމުގެ ގޮތުން އުރުދުންގެ އަސްކަރިިއްޔާއިން ސީރިޔާގެ ދެކުނުގެ ސަރަޙައްދުތަކަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފިއެވެ.
ސޫރިޔާގެ ދެކުނުގެ ރަށްތަކަށް އުރުދުން ދިން މިވައިގެ ޙަމަލާތަކުގައި މަދުވެގެން 5 އާންމުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭ 3 ކުޑަކުދީންވެސް ހިމެނެއެވެ. ސޫރިޔާގެ ކުއްލި އެހީދޭ ފަރާތްތަކުން ދަނީ ޙަމަލާގައި ގެއްލުންވި ޢިމާރާތްތަކުގެ ދަށުން މީހުން ނެރުމުގެ މަސައްކަތް ކުރަމުންނެވެ.
އަލްޖަޒީރާގެ ރިޕޯޓަރު ހައިޑީ ޕެޓް ރިޕޯޓުކުރި ގޮތުގައި، އުރުދުންގެ އަސްކަރީ ބޯޓުތަކުން ސޫރިޔާގެ ދެކުނު ބޯޑަރު ސަރަޙައްދުގައިވާ ހަތިޔާރުއެޅި ގްރޫޕްތަކުގެ މަރުކަޒުތަކަށް ކަމަށް ބުނެ ވަނީ ޙަމަލާތަކެއް ދީފައެވެ. އުރުދުން ސަރުކާރުން ހާމަކުރިގޮތުގައި މިއީ ކަރަކްގެ ހައްމޫދް ޗާރޗަށް ދިން ޙަމަލާގައި 7 މީހުން މަރުވި ޙާދިސާއާ ގުޅިގެން ދިން ރައްދު ޙަމަލާތަކެކެވެ.
އުރުދުން އާއި ސޫރިޔާ ގުޅޭ ބޯޑަރުގައި މަސްރަޙު ގޯސްވެ، އުރދުން ސޫރިޔާގެ އެތެރެއަށް ވައިގެ ޙަމަލާތައް ދޭން ފެށުމަކީ މުޅި ސަރަޙައްދުގެ ސަލާމަތީ ޙާލަތު އިތުރަށް ގޯސްވެ، ދެޤައުމުގެ ބޯޑަރުގައި ހަނގުރާމައިގެ ނުރައްކާ ބޮޑުވެގެންދާނެ ކަމެކެވެ.














