Tuesday, 17 November 2026
Ads by

ތަހުގީގަށް ކުށް ސާބިތުވެއްޖެނަމަ އެއްވެސް މުވައްޒަފަކަށް އިސްތިސްނާއެއް ނެތި ފިޔަވަޅު އަޅާނެ: ވެމްކޯ

ތަހުގީގަށް ކުށް ސާބިތުވެއްޖެނަމަ އެއްވެސް މުވައްޒަފަކަށް އިސްތިސްނާއެއް ނެތި ފިޔަވަޅު އަޅާނެ: ވެމްކޯ

ގދ.ތިނަދޫ ---

ތަހުގީގީ އިދާރާއަކުން ޖިނާއީ ކުށެއް ސާބިތުކޮށްދީފިނަމަ، އެ ކުށެއްގައި ބައިވެރިވި ކޮންމެ މުވައްޒަފަކާމެދުވެސް އެއްވެސް އިސްތިސްނާއެއް ނެތި ގަވާއިދުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދީފިއެވެ.

Ad Image
Ads by

ވެމްކޯއިން މިހެން ބުނެފައިވަނީ ގދ. ތިނަދޫގައި ހިނގި ރޭޕްގެ ހާދިސާއާ ގުޅުވައިގެން، އެ ކޯޕަރޭޝަންގެ މުވައްޒަފަކު ހިމެނޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ފެތުރެމުންދާ ދަނޑިވަޅުގައި ނެރުނު ނޫސް ބަޔާނެއްގައެވެ.

އެ ކުންފުނީގެ ބަޔާނުގައި ފާހަގަކޮށްފައިވަނީ، މަސައްކަތުގެ މާހައުލުގައި އަދި މަސައްކަތުން ބޭރުގައިވެސް މުވައްޒަފުންގެ އަހްލާގީ މިންގަނޑު މަތީ ދަރަޖައެއްގައި ހިފެހެއްޓުމަކީ ކުންފުނީގެ އުސޫލުތަކުގެ އެންމެ އަސާސީ މަގުސަދު ކަމަށެވެ. އަދި ކުންފުނީގެ ޕޮލިސީތައް ފަރުމާކުރެވިފައިވަނީ ނޭއްގާނީ އަދި ޖިނާއީ ކުށްތަކަށް އެއްވެސް ޖާގައެއް ނުލިބޭ ގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.

ޖިނާއީ ކުށެއްގެ މައްސަލައެއް ތަހުގީގީ އިދާރާއަކުން ބަލައި ސާބިތުވާކަމަށް ކަނޑައަޅައިފިނަމަ، ކުންފުނީގެ ވަޒީފާއާ ބެހޭ ގަވާއިދުގެ ތެރެއިން އެޅެން އޮތް އެންމެ ބޮޑު ފިޔަވަޅެއް އެ މީހަކާމެދު އަޅާނެ ކަމަށް ވެމްކޯއިން ޔަގީންކޮށްދެއެވެ.

މީގެ އިތުރުން، ތިނަދޫގައި ހިނގާދިޔަ ބަދުއަހްލާގީ އަނިޔާވެރި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެފަދަ ގާނޫނާ ހިލާފު ލާއިންސާނީ ކަންކަމަށް ވެމްކޯއިން އެއްވެސް ޖާގައެއް ނުދޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި