އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ތަކެތީގެ އަގުތައް އުފުލި، އިޤްތިޞާދަށް ލިބެމުންދާ ގެއްލުންތަކުން އާންމު ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ކާބޯތަކެތީގެ ސަބްސިޑީ ޕްރޮގްރާމް ’ކަލާބަރގް‘ ފުޅާކުރުމަށް އީރާނު ސަރުކާރުން ނިންމައިފިއެވެ.
އީރާނުގެ ދައުލަތުގެ ނިއުސް އޭޖެންސީ (އައިއާރުއެންއޭ) އަށް މަޢުލޫމާތު ދެމުން ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހާޖިރާނީ މައުލޫމާތު ބުނީ، ހުޅަނގުންނާއި އެމެރިކާއިން ކުރިމަތިކުރަމުންދާ އިޤްތިޞާދީ ފިއްތުންތަކަށް ރައްދުދިނުމަށްޓަކައި، އިންފްލޭޝަން ކޮންޓްރޯލްކުރުމުގެ އިތުރުން ’ކަލާބަރގް‘ އިލެކްޓްރޯނިކް ވައުޗަރ މެދުވެރިކޮށް އާންމުންނަށް ދޭ ކާބޯތަކެތީގެ ސަބްސިޑީ އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި ޕްރޮގްރާމުގެ ދަށުން ބޭނުންތެރި ކާބޯތަކެތި ހެޔޮ އަގުގައި ގަތުމުގެ ފުރުޞަތު އާއިލާތަކަށް ލިބިގެންދާނެއެވެ.
އިންޓަރނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް) އިން އަންދާސާކުރާ ގޮތުގައި، 2026 ވަނަ އަހަރު އީރާނުގެ އިޤްތިޞާދު 6.1 އިންސައްތައިން ދަށަށް ދާނެއެވެ. އަދި އީރާނުގެ އަހަރީ އިންފްލޭޝަން (ތަކެތީގެ އަގު އުފުލޭ މިންވަރު) އެވްރެޖްކޮށް 68.9 އިންސައްތައަށް އަރާނެއެވެ. މިއީ ވޭތުވެދިޔަ އަހަރުތަކުގައި އީރާނުގެ އިޤްތިޞާދަށް ކުރިމަތިވި އެންމެ ބޮޑު އެއް ލޮޅުމެވެ.
އީރާނުގެ ފައިސާގެ އަގު ވެއްޓި، ތެލާއި ކާބޯތަކެތީގެ އަގުތައް އުފުލެމުންދާއިރު، ސަރުކާރުން ސަބްސިޑީ އިތުރުކުރަން އުޅެނީ އާންމު ރައްޔިތުންގެ ނުރުހުން ބޮޑުވެ، އިޖްތިމާޢީ ހަމަނުޖެހުންތަކެއް އުފެދުމުން ސަލާމަތްވުމަށް ކަމަށް މާހިރުން














