Ads by
ޚަބަރު
މެޑަމް ފާތުންގެ ނަމުގައި ދައުރުކުރަނީ “ފޭކް” މެސެޖެއް: ޕީޕީއެމް

ރިޔާސީ އިންތިޚާބުގެ ޓިކެޓު ހޯއްދެވީ ސިހުރު ހަދައިގެންކަމަށް، ރައީސް ޢަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ވިދާޅުވިކަމަށް ބުނާ ޗެޓް ލޮގަކީ ދޮގެއްކަމަށް، ޕީޕީއެމުން ބުނެފިއެވެ.

Ads by Eki Online

ދައުރުވަމުންދާ ޗެޓްލޮގްގައި މެޑަމް ފާތުން ބުނެފައިވަނީ ޑރ.މުއިއްޒު ރިޔާސީ ޓިކެޓު ހޯދީ ސިހުރު ހަދައިގެންކަަމަށާއި، އެއީ ދެރަކަމެއްކަމަށެވެ. އަދި ރައީސް ޔާމީން މުޢިއްޒަށް ތާއީދު ނުކުރަން ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

އޭގެ ޖަވާބުގައި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤާއި، ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވަނީ އެއީ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި ރައީސް ޔާމީން އެވަރުގެ ނިންމުމެއް ނުނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.

އެ ޗެޓް ލޮގަކީ ދޮގެއް ކަމަށް ޝިޔާމް ވަނީ ކަށަވަރުކޮށްދީފައެވެ. ޝިޔާމް ވިދާޅުވީ މެޑަމް ފާތުން އަކީ ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓް މެމްބަރެއް ވެސް ނޫން ކަމަށާއި ހަމަ ރަނގަޅަށް ވެސް ރައީސް ޞާލިޙް ގޮތް ހުސްވެފައިވާ ކަމަށެވެ.

ޝިޔާމްގެ އިތުރުން ޕިޕީއެމް/ޕީިއެންސީގެ ތަރުޖަމާނު މުހައްމަދު ތޮލާލު ވިދާޅުވީ މެޑަމް ފާތުންއާއި ގުޅުވައި ވަޓްސްއަޕްގައި ދައުރުކުރަމުންދާ ޗެޓްލޮގް އަކީ ހަގީގަތާ ހިލާފު ފޭކް ފޮޓޯއެއް ކަމަށެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *