Monday, 26 October 2026
Ads by

އިންޑިއާއިން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

އިންޑިއާއިން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެޤައުމުވަނީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތަކުގެ 6 ވަނައިގައި ހިމެނިފައެވެ.

Ad Image
Ads by

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1.7 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއީ %1.8 ގެ ދަށްވުމެއް ކަމަށް އެވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި އަދަދުތަކުގެ ތެރެއިން އިންޑިއާއިން އެކަނިވެސް 100،435 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއަހަރުގެވެސް އަދި މިދިޔަ އަހަރުގެވެސް ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާ ހިމެނެނީ ރާއްޖެއަށް 6ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުގެ ގޮތުގައެވެ.

ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން މިހާތަނަށް ޒިޔާރަތްކޮށްފައިވާ އެހެން ޤައުމުތަކުގެ ތެރޭގައި ހިމެނެނީ:

ޗައިނާ: 326،741 ފަތުރުވެރިން
ރަޝިއާ: 248،739 ފަތުރުވެރިން
އިނގިރޭސިވިލާތް: 131،996 ފަތުރުވެރިން
ޖަރުމަނުވިލާތް: 115،814 ފަތުރުވެރިން
އިޓަލީވިލާތް: 103،504 ފަތުރުވެރިން

ސަރުކާރުން ދަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރޯޑްޝޯތަކާއި ބައިނަލްއަޤުވާމީ ފެއަރތަކުގައި ބައިވެރިވެ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިޝްތިހާރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

މިވަގުތައް ބަލާއިރު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1296 ތަނެއް ވަނީ ހުޅުވާފައެވެ. މިތަންތަނުގެ ބެޑް ކެޕޭސިޓީ 68،243 އަށް އަރާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
VAI
އިންޑިއާއިން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
funadhoo petorol
އަލިފާނުގެ ހާދިސާ ތަހުގީގުކުރުމަށް މޭޖާ ކްރައިމް އިންވެސްޓިގޭޝަން ގެ ހާއްސަ ޓީމެއް ފުނަދޫއަށް
Majlis_majilis2
ހޯމް ސްކޫލިން ތައާރަފްކުރުމަށް ތައުލީމުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް
MACL VIA
ވޯލްޑް ޓްރެވަލް އެވާޑްސްގެ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއާޕޯޓުގެ އެވާޑަށް ވީއައިއޭ ނޯމިނޭޓްވެއްޖެ
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ