Monday, 26 October 2026
Ads by

ހޯމް ސްކޫލިން ތައާރަފްކުރުމަށް ތައުލީމުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް

ހޯމް ސްކޫލިން ތައާރަފްކުރުމަށް ތައުލީމުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް

ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަށް ދިމާވާ ދަތިތައް ހައްލުކޮށް، މި ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ތައުލީމުގެ ގާނޫނަށް ޖުމްލަ 42 އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމެވެ.

Ad Image
Ads by

މި އިސްލާހުތަކުގެ އެއް މައިގަނޑު ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި ނަފްސާނީ ގޮތުން ހާއްސަ ހާލަތްތަކުގައި ތިބޭ ކުދިންނަށް، އެކުދިން ދިރިއުޅޭ ގޭގައި މަދަރުސީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އެގޮތުން، ”ހޯމް ސްކޫލިން“ ޕްރޮގްރާމެއް ތައުލީމުގެ ގާނޫނުގައި ތައާރަފްކުރުމަށް މި ބިލްގައި ހުށަހަޅާފައިވެއެވެ.

މީގެއިތުރުން، މަދަރުސީ ތައުލީމީ ނިޒާމު ހިންގައި ތަންފީޒުކުރުމުގައި ބެލެނިވެރިންނާއި މުދައްރިސުންނާއި ޕްރިންސިޕަލުންގެ ދައުރު އިތުރަށް ތަފްސީލުކުރުމާއި، ކުއްޖާގެ އުމުރުގެ ޅަފަތުގައި ނުކުޅެދުންތެރިކަމަށް ރިއާޔަތްކޮށް އެހެން ކުދިންނާ ތަފާތުކުރުމެއްނެތި ތައުލީމު ހާސިލުކުރެވޭނެ އުސޫލުތައް ކަނޑައެޅުމަށްވެސް މި ބިލްގައި ހިމެނެއެވެ.

އަދި ސަރުކާރުގެ ކޮންމެ ސްކޫލަކުން ކޮންމެ ދުވަހަކުވެސް ނާސްތާ ލިބުމަށް ދަތިވާ ކުދިންނަށް ހިލޭ ނާސްތާ ފޯރުކޮށްދިނުމަށް ގާނޫނުގެ 23 ވަނަ މާއްދާއަށް އިސްލާހެއް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން މުދައްރިސުންނާއި ސްކޫލުގެ އިސްފަރާތްތަކަށް އިހްތިރާމްކުރުމާއި، ސްކޫލް މާހައުލުގެ އަމާންކަން ގެއްލޭފަދަ ކަންކަމުގައި ބައިވެރިނުވުމަށް ދަރިވަރުން އަހުލުވެރިކުރުމަށް ބާރުއަޅާ އާ މާއްދާތަކެއްވެސް ހިމެނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
VAI
އިންޑިއާއިން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
funadhoo petorol
އަލިފާނުގެ ހާދިސާ ތަހުގީގުކުރުމަށް މޭޖާ ކްރައިމް އިންވެސްޓިގޭޝަން ގެ ހާއްސަ ޓީމެއް ފުނަދޫއަށް
Majlis_majilis2
ހޯމް ސްކޫލިން ތައާރަފްކުރުމަށް ތައުލީމުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް
MACL VIA
ވޯލްޑް ޓްރެވަލް އެވާޑްސްގެ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއާޕޯޓުގެ އެވާޑަށް ވީއައިއޭ ނޯމިނޭޓްވެއްޖެ
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ